Advertisement

ޕޮލްކޯގެ ކޮރަޕްޝަނާ ގުޅޭ ރިޕޯޓެއް ނުލިބޭ ކަމަށް ކުރީގެ ސީޕީ ހަމީދު ވިދާޅުވެއްޖެ

16 ފެބުރުވަރީ 2025 - 18:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ސީޕީ ހަމީދު: ޕޮލްކޯގެ ކޮރަޕްޝަން އާ ގުޅޭ ރިޕޯޓެއް ލިބުނު ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރޭ --- ފޮޓޯ: އަދަދު


ޕޮލްކޯގެ ކޮރަޕްޝަނާ ގުޅޭ ރިޕޯޓެއް ނުލިބޭ ކަމަށް ކުރީގެ ސީޕީ ހަމީދު ވިދާޅުވެއްޖެ

16 ފެބުރުވަރީ 2025 - 18:26 0

ޕޮލްކޯގެ ތެރެއިން ފުޅާ ދާއިރާގައި ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުވާފަދަ މައުލޫމާތު އެކުލެވޭ ރިޕޯޓެއް ނޫނީ އެފަދަ މައުލޫމާތެއް ނުލިބޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕޮލްކޯގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދަނީ ބަލަމުންނެވެ. އެފަދަ ރިޕޯޓެއް ހަމީދަށް ފޮނުވާ، 2019 ގައި އޭނާގެ ސަމާލުކަމަށް ގެނައި ކަމަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.

މިކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ، މަގާމުގައި ހުންނަވަނިކޮށް ޕޮލްކޯގެ ކޮރަޕްޝަނާ ގުޅޭ ހާއްސަ ރިޕޯޓެއް އޭނާއަށް ނުލިބޭ ކަމަށެވެ. އަދި، މަގާމުގައި ހުންނަވަނިކޮށް ލިބުނު އެފަދަ ހުރިހާ ރިޕޯޓުތަކެއް ފޮނުވީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާންޑް ކޮމާންޑް އަދި ކަމާބެހޭ ތަހުގީ އިދާރާތަކަށް ކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ފުލުހުން ވިޔަފާރިކޮށް, ވިޔަފާރިތަކުގައި ހިއްސާ އޮތުމާ ގުޅޭ ގޮތުން އޭނާ ގެންގުޅުނު ސްޓޭންޑު ވަރަށް ސާފުވާނެ ކަމަށެވެ. އަދި އޭނާ ވެރިޔަކަށް ހުންނަވައިގެން މަސައްކަތް ކުރެއްވީ ފުލުހުންގެ ބައިވެރިވުމާއެކީ ކުރަމުން ދިޔަ ވިޔަފާރިތަކުގައި ހުރި ކަންކަން ރަނގަޅު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޮލްކޯ އަދި އެ ކުންފުނީގެ ސަޕްސިޑަރީ ދެ ކުންފުނި ޕްލޮވެކް އަދި ޕޮލްކެޓް ގެ މެނޭޖްމަންޓާއި ބޯޑުތަކުން ބައެއް މީހުން ވަކިކޮށް، އިސް މަގާމުތަކަށް ނަޒާހަތްތެރިކަން ހުރި ކަމަށް ގަބޫލުކުރާ މީހުން އައްޔަންކޮށްފައިވާނެ،" މެސެޖުގެ ޒަރިއްޔާއިން ހަމީދު ވިދާޅުވި އެވެ.

ޕޮލްކޯގެ ހިންގުން ހަރުދަނާ ކުރަން މަސައްކަތް ކުރުމުގެ އިތުރުން, ފުލުހުންގެ ޕްރޮކިޔުމަންޓު މަސައްކަތްތައް ރަނގަޅުކުރަން މަސައްކަތް ކުރެއްވި ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އެ ގޮތުން ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ފުލުހުންގެ ދާއިމީ ޕްރޮކިއުމަންޓު ކޮމިޓީއެއް އެކުލަވާލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން, ހަމީދު ވިދާޅުވި ގޮތުގައި, މަޖިލީހުން މިހާރު ބަލަމުންދާ ޕޮލްކޯ ފްލެޓުތަކުގެ އޮޑިޓު ރިޕޯޓަކީ ވެސް އޭނާ 2019 ގައި އޮޑިޓާ ޖެނެރަލުގައި އެދިގެން ހިންގި އޮޑިޓެއްގެ މައްޗަށް އެކުލަވާލި ރިޕޯޓެކެވެ.

ޕޮލްކޯގައި ގިނަ ކޮރަޕްޝަންތަކެއް ހިންގާ ކަމަށް މާލިއްޔަތު ކޮމިޓީގައި މަޝްވަރާކުރީ, އެ ތަނުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަމަށް ތުހުމަތުކޮށް ވިސްލްބްލޮވަރެއްގެ ސިޓީއެއް ލިބިފައިވާ ކަމަށް ވިދާޅުވުމަށްފަހު އެވެ.

"ހަމައެކަނި މި ހައުސިން ކަންތައް ނޫން ކަމަށް. އެތަނުގައި ޕޮލްކޯގެ ފަރާތުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ހުރީ. އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި މިއީ މުދަލާއި ހިދުމަތް ހޯދުމުގައި ޕޮލްކޯގެ ތެރޭގައި ކޮރަޕްޝަން ހިނގަމުންދާ ކަމަށް," އޭނާ ވިދާޅުވި އެވެ.

ޕޮލްކޯއިން ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭއިރު, މިހާރު ފެންމަތިވެގެން އުޅޭ ޕޮލްކޯ ފްލެޓުތަކުގެ މައްސަލައިގައި އޮޑިޓަރުން ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. މި މަޝްރޫއާ ގުޅޭ ބައެއް ލިޔުންތައް ވެސް އޮޑިޓަަށް ލިބިފައި ނުވާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.