Advertisement

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 19 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފި

16 ފެބުރުވަރީ 2025 - 15:41 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޒުވާނާ -- ފޮޓޯ: ފުލުހުން


ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 19 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފި

16 ފެބުރުވަރީ 2025 - 15:41 0

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްސާއެކު މާލެއިން 19 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު ކިޔާން ނާޒިމް، މއ. ހިތްތަލަވިލާ، މާލެ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެޖިލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ރެސްޓޯރެންޓެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ފެނުނީ އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަން އެއް ކިލޯއަށްވުރެ އިތުރު ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގީ ޑްރަގް އެންފޯސްމެންޓުގެ އެހީތެރިކަމާއެކު ކްރައިމް އެންފޯސްމަންޓުގެ ފުލުހުން ކަމަށެވެ. އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.