16 ފެބުރުވަރީ 2025 - 06:53 0
ލީވާން އަލީ ނާސިރު
ބީއެމްއެލް އިސްލާމިކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކުލަ ލުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
16 ފެބުރުވަރީ 2025 - 06:53 0
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކުން މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަ ލުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފި އެވެ.
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒިޔާނަތްތެރި ކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކުން ވަނީ މާލޭގެ ހަތަރު މިސްކިތެއްގެ ވަށާފާރުގައި ކުލަ ލައިފަ އެވެ.
ބީއެމްއެލްގެ 100 އެއްހާ މުވައްޒަފުން ބައިވެރިވި އެ ހަރަކާތުގައި ކުލަލީ މާލޭ ހުކުރު މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، މަސްޖިދުލް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) އަދި މަސްޖިދުލް ސުލްތާން އާދިލްގަ އެވެ.
ބީއެމްއެލް އިސްލާމިކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކުލަ ލުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގަ އެވެ.
މިގޮތުން މިދިޔަ އަހަރު ވެސް މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގާފައިވެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment