Advertisement

އިޒްރޭލަށް ފިޔަވަޅު އަޅަން ސެލްޓިކުން ބެނާ ދެމުމުން އަދަބުދެނީ

14 ފެބުރުވަރީ 2025 - 10:06 0


އިޒްރޭލަށް ފިޔަވަޅު އަޅަން ސެލްޓިކުން ބެނާ ދެމުމުން އަދަބުދެނީ

14 ފެބުރުވަރީ 2025 - 10:06 0

ޒިއުރިކް (ފެބްރުއަރީ 14) - އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލައި، ސްކޮޓްލެންޑްގެ ކްލަބް، ސެލްޓިކުން ޗެމްޕިއަންސް ލީގުގެ މެޗެއްގައި ބެނާއެއް ދެމި މައްސަލައިގައި، އެ ކްލަބަށް ފިޔަވަޅު އަޅަން ޔުއެފާ އިން މަޝްވަރާތައް ފަށައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގައި ބަޔާން މިއުނިކް އަތުން ސެލްޓިކް ދަނޑުގައި އެ ޓީމު ބަލިވި މެޗުގައި، ސެލްޓިކް ސަޕޯޓަރުން ދަނޑުގައި ދެމި ބެނާއެއްގައި ލިޔެފައިވަނީ، އިޒްރޭލަށް ރަތް ކާޑު ދެއްކުމަށް އެދި ޔުއެފާ އަށް މެސެެޖެކެވެ.

މި ބެނާ މައްސަލައިގައި، ސެލްޓިކުގެ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް އަންނަ ހަފްތާގައި ކުޅޭ ބަޔާން މިއުނިކް މެޗު ކުރިއަށް ގެންދިއުމާ މެދު ޔުއެފާ އިން ވަކި ގޮތެއް ނުނިންމަ އެވެ. ބެލެވޭ ގޮތުގައި، އެ މެޗުގައި ސެލްޓިކްގެ ސަޕޯޓަރުންނަށް ދަނޑަަށް ވަދެވޭ ގޮތަށް އޮތް ކަމުގައި ވިޔަސް، ބެނާ މައްސަލައިގައި ސެލްޓިކަށް ފިޔަވަޅު އަޅާނެ އެވެ.


ޖެނުއަރީ މަހު އެސްޓަން ވިލާއާ ކުޅުނު މެޗުގަައި، ސެލްޓިކް ސަޕޯޓަރުން ދަނޑަށް ސްމޯކް ބޮމެއް އެއްލި މައްސަލައެއްގައި، 8400 ޕައުންޑުން ޖޫރިމަނާ ކުރި އެވެ. އެކަމަކު، އެ ޖޫރިމަނާ ދައްކަން ޖެހެނީ އެ ފަދަ މައްސަލަ އެއް ތަކުރާރުވެއްޖެނަމަ އެވެ.

މީގެ ކުރިން ވެސް ޔުއެފާ އިން އެކި މައްސަލަތަކާ ގުޅޭގޮތުން، ސެލްޓިކްގެ ކަންކަން ބަލައި ފިޔަވަޅު އަޅައިފައިވެ އެެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑަށް ނިސްބަތްކޮށް ދެމި ބެނާއެއްގެ ސަބަބުން 15،200 ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން ޖެހުނެވެ. އޭގެ ކުރިން، 2022 ވަނަ އަހަރު، ދެ މެޗެއްގައި ބެނާތަކެއް ދެމި މައްސަލަތަކެއްގައި، 15350 ޕައުންޑުގެ ޖޫރިމަނާއެއް އަ އެވެ. އަދި، 2017 ވަނަ އަހަރު އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ދިދަތަކެއް ހިފައިގެން، ދަނޑުގައި ހަރަކާތްތެރިވުމުން، 8600 ޕައުންޑުން ޖޫރިމަނާ ކުރި އެވެ.