12 ފެބުރުވަރީ 2025 - 07:33 1
އައްޒާމް އަލިފުޅު
12 ފެބުރުވަރީ 2025 - 07:33 1
މިދިޔަ ދެ ފަހަރު އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޔޫތު ފުޓްބޯޅަ ކޯޗު، އަހުމަދު ނިމާދު (ނިމާ) ހަވާލުވެހުރި ޓީމުތަކެވެ. އެ ގޮތުން، 2022 ވަނަ އަހަރު، ކްލަބް އީގަލްސްއާ އެކު، މި މުބާރާތް ކާމިޔާބުކުރި ނިމާ، މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބް އަށް ވެސް މި މުބާރާތް ކާމިޔާބުކޮށްދިނެވެ.
މާދަމާ، މި ފަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފަށާއިރު، ނިމާ މި ފަހަރު ވެސް ފެންނާނީ ޓީސީގެ ބެންޗުންނެވެ. މިދިޔަ ދެ ފަހަރު މި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު، ނިމާ، މި އަހަރު ހުރީ ތަފާތު ޗެލެންޖެއް ނަގައިގެންނެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ނިމާ، ބުނީ ޖުމްލަ ނުވަ ޓީމެއް ކުޅޭ މި ފަހަރުގެ މުބާރާތުގައި ޓީސީން ވާދަކުރާއިރު، އޭނާގެ ޕްލޭނާ އެއްގޮތަށް އެންމެ ވަރުގަދަ ޓީމެއް ތައްޔާރުކުރަން އުނދަގޫތަކެއް އެބަހުރި ކަމަށެވެ.
ޔޫތު ޗެމްޕިއަންޝިޕުން ނިމާ އަށް ފެނިގެންދިޔައީ ރަށްރަށުގެ ހުނަރު
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުން ފެނިގެންދިޔައީ އަތޮޅު ތެރޭ ފުޓުބޯޅަ ޓީމުތަކުގެ ކުޅުންތެރިންގެ ހުނަރާ ފެންވަރު ހުރިކަން ކަމަށް، މުބާރާތުގެ އެންމެ މޮޅު ކޯޗު އަހުމަދު ނިމާދު (ނިމާ) ވަނީ ބުނެފައި
ޔޫތު ޗެމްޕިއަންޝިޕުން ނިމާ އަށް ފެނިގެންދިޔައީ ރަށްރަށުގެ ހުނަރު
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުން ފެނިގެންދިޔައީ އަތޮޅު ތެރޭ ފުޓުބޯޅަ ޓީމުތަކުގެ ކުޅުންތެރިންގެ ހުނަރާ ފެންވަރު ހުރިކަން ކަމަށް، މުބާރާތުގެ އެންމެ މޮޅު ކޯޗު އަހުމަދު ނިމާދު (ނިމާ) ވަނީ ބުނެފައި
"މުބާރާތުގެ ގަވާއިދު އޮތްގޮތުން، އެ ކުޅެވޭ އުމުރުފުރާގެ ކުޅުންތެރިން ރަށްރަށުން ގެންނަން ބެލިއިރު، ސްކޫލު ޓެސްޓްތަކާ މި ދިމާވަނީ، ގިނަ ކުދިން މި އުޅެނީ، 11 ނޫނީ 12 ގައި އެހެންވީމަ، ރަށްރަށުން ހުނަރުވެރި ކުޅުންތެރިން ގެނެސްގެން ޓީމެއް އެކުލަވާލަން މިއީ، އެންމެ ފަސޭހަ ވަގުތެއް ނޫން، އެހެންވެ، ވަރަށް ވަރުގަދަ އަށް ތައްޔާރުވާން ގޮންޖެހުން އެބަހުރި،" ނިމާ ބުންޏެވެ.
އެ ގޮތުން، މިދިޔަ އަހަރު ޓީސީގައި އޭނާ ރާއްޖޭގެ އެކި ސަރަހަައްދުތަކުން ގެނައި ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން، ވާދަވެރި އެހެން ޓީމުތަކަށް ބަދަލުވެފައިވާ ކަމަށާއި، އެހެންވެ، އަލުން ޓީމެއް އެކުލަވާލެވޭހާ ހުނަރުވެރި ކުޅުންތެރިން ހޯދަން ގޮންޖެހުން އެބަހުރިކަން ނިމާ ފާހަގަކުރި އެވެ.
މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގައި ހިމެނެނީ، އީގަލްސް އާއި މާޒިޔާގެ އިތުރުން، ކްލަބް ވެލެންސިއާ އާއި ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮޑި ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކްލަބާއި ރަނަރަޕް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ.
ނިމާ ބުނީ ދާދި ފަހުން، ޓީސީގައި އޮތް ޓީމު ގޮވައިގެން، މާޒިޔާއާ އެކު އެކުވެރިކަމުގެ މެޗެއް ކުޅެވުނު ކަމަށެވެ. އަދި މި މެޗުން އެނގިގެންދިޔައީ މި ވަގުުތު މާޒިޔާ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ޒުވާން ސްކޮޑެއް ތައްޔާރުކުރަން ކުރާ މަސައްކަތް ރަނގަޅުކަން ކަމަށެވެ.
"މައުލޫމާތު ލިބުނު ގޮތުގައި، 19 އަހަރުން ދަށުގައި ކުޅެވޭނެ ހަތް ވަރަކަށް ކުޅުންތެރިން މާޒިޔާގެ ސީނިއާ ޓީމާ އެކު ޕްރެކްޓިސް ކުރޭ، އެހެންވީމަ، ފިއުޗާއެއް ހޯދަން އެ ކުރާ މަސައްކަތުގައި ޓީމެއް އެކުލަވާލުމުގައި ފަސޭހަތަކެއް ހުންނާނެ، އެއީ އަހަރެމެން އީގަލްސްގައި ކުރިން މަސައްކަތް ކުރިން އެ ގޮތަށް،" ރަށްރަށުން ހުނަރުވެރި ކުޅުންތެރިން ގެނެސްގެން، ފުރަތަމަ ޑިވިޝަނަށް ނެރެދިން ކާމިޔާބު ކޯޗު، ނިމާ ބުންޏެވެ.
"ދެން، އެހެން ޓީމުތަކަށް ބަލާއިރު، ސަސް އާއި ވެލެންސިއާ އަކީ އެކަޑަމީ ތެރެއިން ޕްރެކްޓިސް ކޮށްގެން އެއްޗެއް ހެދޭތޯ ކުޅުންތެރިން ކުރިއަރުވަމުން އަންނަ ޓީމުތައް، އެ ގޮތަށް އެ ޓީމުތައް ރަނގަޅުވާނެ. ދެން މި އޮތް ޓީމުތައް، ބުރު، އޮޑި، ދެން، އަހަރެމެން، މި އުޅެނީ، ކުޅުންތެރިންތަކެއް އެކި ތަންތަނުން ގެނެސްގެން ޓީމެއް އެކުލަވާލެވޭތޯ،"
އޭނާ އަކީ އަބަދުވެސް ތަށްޓަށް މަސައްކަތް ކުރާ ކޯޗެއް ކަމަށާއި އެކަމަކު، މި ވަގުތު ހާލަތު ހުރި ގޮތުން، ކާމިޔާބު ހޯދުމުގެ ވާހަކަތައް ދައްކާނީ މެޗުން މެޗަށް ޓީމު ހޯދާ ކުރިއެރުންތަކަށް ބިނާކޮށް ކަމަށާއި އަބަދުވެސް ކުޅުންތެރިންނާ މެދު އިތުބާރު އޮތް ކަމަށް ނިމާ ވަނީ ބުނެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަހުމަދު1
about 1 month ago
ޒާތީގޮތުން ކުދިންނާ ޖައްސާލާ ގިނަ ފައިސާހުރި ބެލެނިވެރިންގެ ދަރިންނަށް އިސްކަންދޭ ކޯޗެއް. ވާﷲ އައުލަމް
Comment