އަންނަ ހޮނިހިރުގެ ކުރިން އައިސް ޕްލާންޓުތައް މިފްކޯއާ ހަވާލުކުރަނީ

ކޫއްޑު ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ކިރުމުގެ މަސައްކަތް ކުރަނީ: ސަރުކާރުން މަސައްކަތް ކުރަނީ އައިސްއަށް ބަރޯސާވުން އެއްކޮށް ނައްތާލަން ކަމަށް ޝިޔާމް ވިދާޅުވި -- ފޮޓޯ: މިފްކޯ

ކޫއްޑު ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ކިރުމުގެ މަސައްކަތް ކުރަނީ: ސަރުކާރުން މަސައްކަތް ކުރަނީ އައިސްއަށް ބަރޯސާވުން އެއްކޮށް ނައްތާލަން ކަމަށް ޝިޔާމް ވިދާޅުވި -- ފޮޓޯ: މިފްކޯ

ފެނަކައިން ހިންގުން ހުއްޓާލާފައިވާ ހުރިހާ އައިސް ޕްލާންޓުތަކެއް އަންނަ ހޮނިހިރުގެ ކުރިން މިފްކޯގެ ދަށަށް ބަދަލުކޮށް ނިންމައި, މަސްވެރިންނަށް އައިސް ލިބުުމުގައި ހުރި ދަތިތައް ހައްލުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވި ގޮތުގައި މި މައްސަލަ ދިމާވީ ކުރީ ސަރުކާރުން އައިސް ޕްލާންޓުތައް ހިންގުން ފެނަކައާ ހަވާލުކުރުމުންނެވެ.

މިކަމުގެ ތަފުސީލުތަކަށް ވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ, ފެނަކައިގައި އައިސް ޕްލާންޓުތައް ހިނގުމުގެ ފަންނީ ގާބިލުކަން ނެތް ކަމަށެވެ. މީގެ ސަބަބުން އައިސް ޕްލާންޓުތަކަށް މައްސަލަ ޖެހި, ސަރުކާރު ބަދަލުވިއިރު ބައެއް އައިސް ޕްލާންޓުތައް ހުރީ ބޭނުންނުކުރެވޭ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނަކަ ކިޔާ ކަރަންޓު ދޭ ކުންފުންޏަަކަށް އައިސް ޕްލާންޓުތައް ދީފަ ހުރީ. އައިސް ޕްލާންޓަކާ ކުޅެން އެނގޭނެ މީހަކު ވެސް އެ ތާނގައި ނެތް. ދެން އިއްޒަތްތެރި މެންބަރު ވިސްނަވާ އެ އައިސް ޕްލާންޓުތަކަށް ވާނެ ގޮތް," ޝިޔާމް ވިދާޅުވި އެވެ.

މައްސަލަ ޖެހުނު އައިސް ޕްލާންޓުތައް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިފްކޯއިން މި ތަންތަން ހިންގަން ފެށުމުން މި މައްސަލަތައް ދިމާ ނުވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އޭގެ އިތުރުން އައިސް ޕްލާންޓުތަކަށް ބަރޯސާވުން ނިމުމަކަށް ގެންނަން 50 ފޫޓުން ފެށިގެން ބޮޑު ހުރިހާ މަސް ބޯޓެއްގައި ރެފްރިޖަރޭޓަޑް ސޯލްޓް ވޯޓާ (އާރުއެސްޑަބްލިޔު) ނިޒާމު ހަރުކުރަން ވަރަށް ލުއި ފެސިލިޓީއެއް ތައާރަފުކޮށްފައިވާ ކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އުއްމީދުކުރަން ދިވެހިރާއްޖޭގެ ހުރިހާ ދޯނިތަކެއް މި ފެސިލިޓީއަށް ގޮސް އައިހަށް ދުއްވާދުއްވުން, އެއީ ވަރަށް ގިނަ ހޭދަ, ވަރަށް ބޮޑު ހޭދައެއް އެއީ ތެލަށް ކުރާ ހޭދައަކީ އެއީ," މިނިސްޓަރު ވިދާޅުވި އެވެ.

މި ފެސިލިޓީގެ ދަށުން ދެކުނުގެ 60 ޕަސެންޓު މަސް ބޯޓުތަކުގައި މި ނިޒާމު ގާއިމުކުރެވިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މުސްތަގުބަލުގައި މުޅި މަސް ފްލީޓުގައި މި ނިޒާމު ހަރުކުރެވުމުން އެއްގަމުގައި ހުރި އައިސް ޕްލާންޓުތަކަށް ބަރޯސާވުން އެއްކޮށް ނިމުމަކަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކައިން 14 ރަށެއްގައި ހުރި އައިސް ޕްލާންޓުތަކާ ހަވާލުވީ ސެޕްޓެމްބަރު, 2022 ގަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވެ, ފެނަކަ ހިންގުމާ ހަވާލުވީ އާ މެނޭޖުމަންޓުން ވަނީ މި ތަންތަން ހިންގައިގެން އެ ކުންފުންޏަށް ގެއްލުން ވާތީ މިދިޔަ އަހަރުގެ އޮގަސްޓުގައި އައިސް ޕްލާންޓުތައް ހިންގުން ހުއްޓާލަން ނިންމާފަ އެވެ.

މިކަމާ ގުޅޭ މައުލޫމާތު ދެމުން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އެ ތަންތަނުން އަހަރަކު 12 މިލިއަން ރުފިޔާގެ ގެއްލުން ލިބެމުންދާ ކަމަށެވެ.

އައިސް ޕްލާންޓުތަކާ މިފްކޯއިން ހަވާލުވުމުގެ ކަންކަމާ ގުޅޭ ގޮތުން މިފްކޯގެ ޕީއާރު މެނޭޖަރު އިބްރާހިމް ސައީދު މި ފަހުން "އަދަދު" އަށް ވިދާޅުވީ, މިހާރު ކުރިއަށް ދަނީ މިނިސްޓްރީ މެދުވެރިވެގެން ދެ ކުންފުނިން އެއްބަސްވާން ޖެހޭ ކަންކަމާ ގުޅޭ މަޝްވަރާތައް ކަމަށެވެ.

މިފްކޯއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި އައިސް ޕްލާންޓުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ތިބި މުވައްޒަފުންގެ މައްސަލަ އާއި އައިސް ޕްލާންޓުތަކުން ބޭނުންކުރާ ކަރަންޓަށް މިހާރަށް ވުރެ ކުޑަ ރޭޓެއް ދިނުމާ ގުޅޭ ކަންކަން ހިމެނެ އެވެ.

އިބްރާހިމް ސައީދު ވިދާޅުވި ގޮތުގައި އިތުރަށް ތިބި މުވައްޒަފުންނާ ހަވާލުވާން ފެނަކައިން އެއްބަސްވި ނަމަވެސް ހާއްސަ ރޭޓެއް ކަނޑައެޅުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިމެ އެވެ.

މިފްކޯއިން މި ރޭޓު ބޭނުންވަނީ އެ ތަންތަނަކީ ވަރަށް ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރާ ތަންތަނަށް ވެފައި ހާއްސަ ރޭޓެއް ނުދީފި ހާލަތެއްގައި އެ ކުންފުންޏަަށް މާލީ ގޮތުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭނެތީ އެވެ. ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިހާރު ވެސް މާލީ ހާލަތު އެންމެ ގޯސް އެއް ކުންފުންޏަކީ މިފްކޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox