Advertisement

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި

10 ފެބުރުވަރީ 2025 - 16:41 0

މުހައްމަދު ޝަހްޒާން

މ

Advertisement

އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް: އޭނާ ވިދާޅުވީ އެ މައުލޫމާތު ރައީސް އޮފީހުން ހާމަކުރާނެ ކަަމަށް -- ފޮޓޯ: ރައީސް އޮފީސް


ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި

10 ފެބުރުވަރީ 2025 - 16:41 0

Advertisement

Advertisement

ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތަފުސީލު ހާމަ ނުކުރަން ރައީސް އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި އެވެ.

ބަންޑާރަ ނައިބު. އަހުމަދު އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދަން އެދިފައިވާ މައްސަލަ އަނބުރާ ނަގަން މިމަހު 3، ގައި އެ އޮފީހުން އެދިފައި ވާނެ ކަމަށެވެ.

Advertisement

"މި މައްސަލައިގައި ދައުލަތުގެ ފަރާތުން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފެބްރުއަރީ 3، ގައި ވާނީ ހައިކޯޓަށް ހުށަހަޅާފައި، އަދި މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ،" އުޝާމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ސަރުކާރުން ހައިކޯޓަށް ހުށަހެޅީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 8، 2024 ގެ ނިޔަލަށް އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ ތަފުސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެންގި ނިންމުމެވެ.

މި މައްސަލާގައި އައިކޮމްއިން ނިންމީ ސިޔާސީ މުވައްޒަފުންގެ ނަމާއި ވަޒީފާ އަދާކުރާ އޮފީހުގެ އިތުރުން މަގާމާއި މުސާރައިގެ ތަފުސީލެވެ. އެ ކޮމިޝަނުން ސިއްރުކުރަން އެންގީ އެޑްރެސް އެކަންޏެވެ.

Advertisement

ސިޔާސީ މުވައްްޒަފުންގެ އަދަދަކީ މި ސަރުކާރުން ބޮޑު ސިއްރެއްގެ ގޮތުގައި ގެންގުޅޭ މައުލޫމާތެކެވެ. އެ މީހުންގެ އަދަދުގެ އިތުރުން އެއްވެސް ތަފުސީލެއް ވެސް ރައީސް އޮފީހުން މިހައިތަނަށް އާންމެއް ނުކުރެ އެވެ. ނަމަވެސް ބައެއް ވުޒާރާތަކުން އެ ތަފުސީލުތައް ދޫކޮށްފައިވެ އެވެ.

މިއީ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރާން މި ސަރުކާރުން ކޯޓަށް ދިޔަ ދެވަނަ މައްސަލަ އެވެ. ކޯޓަށް ހުށަހަޅާފައިވާ އަނެއް މައްސަލައަކީ ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންނާ ގުޅޭ މައްސަލައެކެވެ.

މި މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން އެންގި އެންގުމާ އެއްގޮތަށް މައުލޫމާތު ނުދޭން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ކޯޓަށް ގޮސްފަ އެވެ. މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރުމުން އުޝާމް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅީ އައިކޮމްގެ ނިންމުންތަކުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށެވެ.