Advertisement

ސްޓެލްކޯ ޓަވަރުން މީހަކު ވެއްޓި މަރުވި ހާދިސާ ފުލުހުން ތަހުގީގު ކުރަނީ

10 ފެބުރުވަރީ 2025 - 14:05 0

މުހައްމަދު ޝަހްޒާން

މ

Advertisement

މާލޭގައި ހުންނަ ފުލުހުންގެ މައި އިދާރާ، ފުލުހުން އެދުނީ މަރުވި މީހާގެ ފޮޓޯ އާއި ވީޑިއޯ އާންމު ނުކުރުމަށް -- ފޮޓޯ: އަދަދު ފައިލް


ސްޓެލްކޯ ޓަވަރުން މީހަކު ވެއްޓި މަރުވި ހާދިސާ ފުލުހުން ތަހުގީގު ކުރަނީ

10 ފެބުރުވަރީ 2025 - 14:05 0

Advertisement

Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓުތަކުގެ ޓަވަރެއްގެ ނުވަވަނަ ފަންގިފިލާއިން ވެއްޓި ޒުވާނަކު މަރުވި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ހާދިސާގައި މަރުވި މީހާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރު ނުކުރަން އެދޭ ކަމަށެވެ.

Advertisement

"މިއަދު ހުޅުމާލޭގައި އިމާރާތެއްގެ މަތިން ވެއްޓި މީހަކު ނިޔާވި ހާދިސާ މި ހިދުމަތުން މި ދަނީ ތަހުގީގު ކުރަމުންނެވެ، މީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް މި ހިދުމަތުން އިލްތިމާސް ކުރަމެވެ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.

ސްޓެލްކޯ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓި މިއަދު މަރުވީ ހ. ގިނިރާހިއާގެ، އިބްރާހިމް ޝަރަފް، 31އ. ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.