10 ފެބުރުވަރީ 2025 - 12:08 0
މުހައްމަދު ޝަހްޒާން
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ޓަވަރުތައް -- ފޮޓޯ: އަދަދު ފައިލް
10 ފެބުރުވަރީ 2025 - 12:08 0
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓުތަކުގެ ޓަވަރެއްގެ ނުވަވަނަ ފަންގިފިލާއިން ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ.
މީޑިއަތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ސްޓެލްކޯގެ ސީ ޓަވަރު ބިތްދޮށަށް ވެއްޓިފައި އޮތީ ދިވެހި ޒުވާނެއް ކަމަށެވެ. އޭނާ ވެއްޓުނީ އެ ޓަވަރުން ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން އޭރު ހާމައެއް ނުކުރެ އެވެ.
އޭގެ އިރުކޮޅެއް ފަހުން ފޮނުވި މެސެޖުގައި ފުލުހުން ބުނީ އެ ޒުވާނާ ވެއްޓުނީ ނުވަވަނަ ފަންގިފިލާއިން ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނ ހ. ގިނިރާހިއާގެ، އިބްރާހިމް ޝަރަފް، 24އ. ކަމަށް ފުލުހުން ބުނެ އެވެ.
ސްޓެލްކޯ ޓަވަރަކުން ވެއްޓިފައި އޮއްވައި މިއަދު ފެނުނުއިރު، މީގެ 10 ދުވަސް ކުރިން ޖެނުއަރީ 31، ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގެ އެއްވަނަ ފަންގިފިލާގައި ކުލަ ލާން އުޅުނު ބިދޭސީއަކު ވެސް ވެއްޓި ޒަހަމުވި އެވެ.
އެ މައްސަލައިގެ ތަފުސީލެއް ވެސް ފުލުހުން ފަހުން ހާމައެއް ނުކުރެ އެވެ.
0.00%
66.67%
33.33%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment