Advertisement

ސިޔާސީ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރަން ރައީސް އޮފީހުން ކޯޓަށް

10 ފެބުރުވަރީ 2025 - 14:49 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހުގައި :ސިޔާސީ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރާން ސަރުކާރުން ވަނީ ކޯޓަށް ގޮސްފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިޔާސީ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރަން ރައީސް އޮފީހުން ކޯޓަށް

10 ފެބުރުވަރީ 2025 - 14:49 1

ސަރުކާރުގައި ތިބި ޖުމްލަ ސިޔާސީ މުވައްޒަފުންގެ އެއްވެސް ތަފުސީލެއް ހާމަނުކުރާން ރައީސް އޮފީހުން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ހައިކޯޓުގެ ރަޖިސްޓްރީ ދައްކާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ނިންމުން އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ރައީސް އޮފީހުންނެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ. މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ސަރުކާރުން އިސްތިއުނާފުކުރަން ހުށަހެޅީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 8، 2024 ގެ ނިޔަލަށް އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ ތަފުސީލު ހާމަކުރަން އައިކޮމް އިން ނިންމި ނިންމުމެވެ.

މި މައްސަލާގައި އައިކޮމް އިން ނިންމީ ސިޔާސީ މުވައްޒަފުންގެ ނަމާއި ވަޒީފާ އަދާކުރާ އޮފީހުގެ އިތުރުން މަގާމާއި މުސާރައިގެ ތަފުސީލެވެ. އެ ކޮމިޝަނުން ސިއްރުކުރަން އެންގީ އެޑްރެސް އެކަންޏެވެ.

ސިޔާސީ މުވައްްޒަފުންގެ އަދަދަކީ މި ސަރުކާރުން ބޮޑު ސިއްރެއްގެ ގޮތުގައި ގެންގުޅޭ ނަމްބަރެކެވެ. އެ މީހުން އަދަދުގެ އިތުރުން އިތުރު ތަފުސީލެއްވެސް ރައީސް އޮފީހުން ނުދެ އެވެ. ނަމަވެސް ބައެއް ވުޒާރާތަކުން އެ ތަފުސީލުތައް ދޫކޮށްފައިވެ އެވެ.

މިއީ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރާން މި ސަރުކާރުން ކޯޓަށް ދިޔަ ދެވަނަ ފަހަރެވެ.

އެގޮތުން ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ނޭނގި އޮއްވައި ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން އެންގި އެންގުން ހައި ކޯޓުގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ކޯޓަށް ގޮސްފަ އެވެ. އެ މައްސަލަވެސް ކޯޓުން މިހާތަނަށް ބަލައިގަނެފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ މައްސަލަތައް އިސްތިއުނާފުކުރަން ނިންމީ، އައިކޮމްއިން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނު މާނަކުރުމުގަ ތައާރުޒުވުންތަކެއް ހުރީމަ ކަމަށެވެ.

"މީގެ ކުރިން ސުޕްރީމް ކޯޓުން އަދި ހައި ކޯޓުން ނިންމާފަ ހުރި ނިންމުންތަކާ ތައާރުޒުވުންތަކެއް ހުރީމަ،" ފޯނުން ވާހަކަދައްކަވަމުން އުޝާމް ވިދާޅުވި އެވެ.

އެގޮތުން އައިކޮމް އިން މާނަކުރުމުގައި ތައާރުޒުވެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 20 ވަނަ މާއްދާ އަދި 23 ވަނަ މާއްދާ އާ ގުޅިގެން މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.