10 ފެބުރުވަރީ 2025 - 04:42 0
ލީވާން އަލީ ނާސިރު
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތެރެއިން: މުބާރާތުގެ ސިންގަލްސް ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ -- ފޮޓޯ: މޯލްޑީވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
10 ފެބުރުވަރީ 2025 - 04:42 0
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސްޕޮންސާ ކޮށްގެން ކުރިއަށްގެންދާ 12ވަނަ އެމްއަައިބީ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް ފައިނަލް މިރޭ ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޖުމްލަ 13 އޮފީހަކުން ބައިވެރިވި މުބާރާތުގެ ސިންގަލްސް ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ގަ އެވެ.
މުބާރާތުގެ ޓީމް އިވެންޓުގެ މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށް ގެންދާއިރު، މެޗުތައް ފަށާނީ ބުދަ ދުވަހު އެވެ. އަދި ޓީމް އިވެންޓުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 20، ގަ އެވެ.
މުބާރާތުގެ ސިންގަލްސް ފިރިހެން އެއްވަނަ ޑިވިޝަންގައި 27 ކުޅުންތެރިން ވާދަކުރާއިރު، ދެ ވަނަ ޑިވިޝަންގައި 83 ކުޅުންތެރިން ވާދަކުރެ އެވެ. އަދި އަންހެން ޑިވިޝަންގައި 17 ކުޅުންތެރިން ވާދަކުރެ އެވެ.
އެމްއައިބީގެ އިތުރުން ކަސްޓަމްސް، އެމްއެންޑީއެފް، ރައީސް އޮފީސް، ބީއެމްއެލް، އެމްއޭސީއެލް، ޕޮލިސް ކްލަބް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ޓީއެމްއޭ، އެމްޕީއެލް، އެސްޓީއޯ އަދި ދިރާގުން މުބާރާތުގައި ބައިވެރިވި އެވެ.
މިދިޔަ އަހަރު ބޭއްވި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސްގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ މުހައްމަދު ދުންޔާޒް އެވެ. ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެމްއައިބީގެ ޝިފާއު އަބްދުﷲ އެވެ.
މީގެއިތުރުން އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ކަސްޓަމްސްގެ އާމިނަތު ހަލީމް ހޯދިއިރު، ޓީމް އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލް އެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment