Advertisement

ފެބްރުއަރީ 15 އިން ފެށިގެން ރޯދަ މަސް ނިމެންދެން 24 ގަޑިއިރަށް ފިހާރަތައް ހުޅުވާފައި ނުބެހެއްޓޭނެ

9 ފެބުރުވަރީ 2025 - 21:35 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭ މާރުކޭޓު ސަރަހައްދުގައި ހުންނަ ފިހާރަތައް ކައިރި މީހަކު ހުއްޓިލައިގެން : މި މަހު 15 އިން ފެށިގެން 24 ގަޑިއިރު ފިހާރަތައް ހުޅުވާފައި ނުބެހެއްޓޭނެ --- ފޮޓޯ: އަދަދު


ފެބްރުއަރީ 15 އިން ފެށިގެން ރޯދަ މަސް ނިމެންދެން 24 ގަޑިއިރަށް ފިހާރަތައް ހުޅުވާފައި ނުބެހެއްޓޭނެ

9 ފެބުރުވަރީ 2025 - 21:35 1

ކުރިއަށް އޮތް ރޯދަ މަހާ ގުޅުވާ މި މަހު 15 އިން ފެށިގެން ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަފުތާ ނިމެންދެން ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުން މަނާކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މި ދުވަސްތަކުގައި ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އާ ހަމައާށް ކަމަށެވެ.

މި ނިންމުމަށް ސިޓީތަކާއި ހުރިހާ ރަށެއްގައި ހުންނަ ވިޔަފާރިކުރާ ތަންތަނުން އަމަލުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އާންމު ގޮތެއްގައި ރޯދަ މަހާ ގުޅުވައިގެން ފިހާރަތައް ހުޅުވާ ގަޑިއަށް ބަދަލު ގެންނަނީ އެ މަސް ފެށޭ ތާރީހާ އެކު އެވެ. ނުވަތަ އޭގެ ހަފުތާއެއް ކުރިންނެވެ. ނަމަވެސް މި އަހަރު އެ ފިޔަވަޅު މި ފެށެނީ ރޯދައިގެ ދެ ހަފުތާ ކުރިންނެވެ.

އޭގެއިތުރުން، ރޯދަ މަހު ކެފޭ އަދި ރެސްޓޯރަންޓުތައް ފަދަ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށްވެެސް އިކޮނޮމިކް މިނިސްޓްރީން ވަކިން ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

އަދި، ޝައްވާލު މަހުގެ ފުރަތަމަ ހަފުތާ އެފަދަ ތަންތަން ހުޅުވޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށެވެ.