ކޯބީ ބްރަޔަންޓް ބޭނުންކުރި ބޫޓެއް 660،000 ޑޮލަރަށް ވިއްކާލައިފި

9 ފެބުރުވަރީ 2025 - 07:01 0


ކޯބީ ބްރަޔަންޓް ބޭނުންކުރި ބޫޓެއް 660،000 ޑޮލަރަށް ވިއްކާލައިފި

9 ފެބުރުވަރީ 2025 - 07:01 0

ލޮސް އެންޖެލްސް (ފެބްރުއަރީ 9) - ބާސްކެޓްބޯޅަ ލެޖެންޑް، ކޯބީ ބްރަޔަންޓްގެ ކެރިއަރުގަައި، 2013 ވަނަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން އޭނާ ފަޔަށް އަނިޔާވި ނަމަވެސް، އެ މެޗުގައި ބޭނުންކުރި ނައިކީ ބޫޓް (ސްނީކާސް)، 660،000 ޑޮލަރަށް ވިކިއްޖެ އެވެ.

ގޯލްޑަން ސްޓޭޓް ވޯރިއާސްއާ އެކު، 2013 ވަނަ އަހަރު ކުޅުނު މެޗުގެ ތެރެއިން، ބްރަޔަންޓްގެ އާޗިލީސް ޓެންޑަން އަށް އަނިޔާވިއިރު، އޭނާ އެ މެޗު ފުރިހަމަކުރި އެވެ. އަދި މުހިންމު ވަގުތެއްގައި ދެ ފުރީ ތުރޯ ވަނީ ޕޮޓަށް ވައްޓާލައިފަ އެވެ.

މީގެ ފަސް އަހަރު ކުރިން، މަރުވި ބްރަޔަންޓް ބޭނުންކުރި މި ބޫޓު ނީލަމެއްގައި ވިއްކާލިއިރު، ގިނަ އަދަދެއްގެ ބަޔަކު ބިޑްކުރި އެވެ. އެކަމަކު، އެންމެ ފަހު ބިޑަށް ޗެލެންޖެއް ނުލިބި، ބްރަޔަންޓްގެ މި ސްނީކާސް ވިކުނީ އެވެ.

މީގެ ފަސް އަހަރު ކުރިން، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ލޮސް އެންޖެލިސް ސަރަހައްދުގައި ހިނގި ހެލިކޮޕްޓަރު އެކްސިޑެންޓުގައި ބްރަޔަންޓް އާއި އޭނާގެ ދަރިފުޅު ޖިއާނާ އަދި އިތުރު ހަތް މީހުން މަރުވި އެވެ. އެ ގޮތުން، މަރުވިއިރު، 41 އަހަރުގެ، ބްރަޔަންޓް ދަތުރުކުރަމުން ދިޔައީ އޭނާ ދިރިއުޅޭ އޮރޭންޖް ކައުންޓީގައި އޭނާ ހިންގާ ޔޫތު ބާސްކެޓްބޯޅަ އެކަޑަމީ އަށެވެ. އެއީ، އެތަނުގައި ކުރިއަށްދާ މަމްބާ ކަޕުގައި ވާދަކުރާ އޭނާގެ ދަރިފުޅުގެ ޓީމަށް ކޯޗުކޮށްދިނުމަށްޓަކައި ކުރި ދަތުރެކެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ކުޅިވަރު ސަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ، ބްރަޔަންޓްގެ ހަނދާން އަދިވެސް ގިނަ ކުޅިވަރު ޕްލެޓްފޯމުތަކުގައި އާ ކުރެ އެވެ. އެ ގޮތުން، ގިނަ ނީލަންތައް ކުރިއަށްގެންދަން ބާއްވާ އޯކްޝަންތަކުގައި، ބްރަޔާންޓް ބޭނުންކުރި ތަކެތި ދަނީ ވިކެމުންނެވެ. އެ ގޮތުން، 2013 ވަނަ އަހަރުގެ އެ މެޗުގައި، ބްރަޔަންޓް ބޭނުންކުރި ޖޯޒީ، މިދިޔަ ޖޫން މަހު ބޭއްވި ނީލަމެއްގައި ވިކުނީ، 1.2 މިލިއަން ޑޮލަރަށެވެ. އަދި، 2023 ވަނަ އަހަރު ބޭއްވި އޯކްޝަނެއްގައި، ބްރަޔަންޓްގެ ޖޯޒީއެއް ވަނީ، 5.8 މިލިއަން ޑޮލަރަށް ވިކިފަ އެވެ. އެއީ، 2007 އާއި 2008 ވަނަ ސީޒަނުގައި ބްރަޔަންޓް އެންމެ ރަނގަޅު ފޯމުގައި ކުޅުނުއިރު، ބޭނުންކުރި ޖޯޒީއެއްގައި ސޮއިކޮށްފައި ނީލަމެއްގައި ވިއްކާލި ޖޯޒީއެކެވެ.