Advertisement

ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

9 ފެބުރުވަރީ 2025 - 09:45 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

9 ފެބުރުވަރީ 2025 - 09:45 1

ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން މަސައްކަތް ކުރި ދެ މީހަކު އަތުލައިގަނެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ރޭ 11:35 ހާއިރު ކަމަށްވާއިރު އެ މީހުން ހަމަލާ ދިނީ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށެވެ. އެ މީހުން ހަމަލާ ދިނީ ކޯރާޑިއަކުންނެވެ.

އެއަށްފަހު ހަމަލާ ދިން ދެ މީހުން ފިލަން ދިއުމަށް މަސައްކަތް ކުރީ މާލެއަށް ކަމަށާއި އެ މީހުން ހުއްޓުވައި ހައްޔަރުކުރީ ހައިވޭއިން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ރުސްތުމް އިބްރާހިމް (25އ.) އަދި ސައިފުالله ފައިސަލް (19އ.) އެވެ. އެ މީހުން ހުއްޓުވި ތަނުން މާރާމާރީ ހިންގަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރާއި ވަޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.