Advertisement

ރ. މީދޫގައި ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

8 ފެބުރުވަރީ 2025 - 06:17 2

މުހައްމަދު ޝަހްޒާން

މ

Advertisement

ރ. މީދޫގައި ފުލުހުންގެ ބެލުމުގެ ދަށަށް ކުޑަ ކުއްޖަކު ގެންދަން އުޅުމުން އެ ކުއްޖާ ފުލުހަކަށް ހަމަލާދިން މަންޒަރު -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް


ރ. މީދޫގައި ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

8 ފެބުރުވަރީ 2025 - 06:17 2

Advertisement

Advertisement

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. މީދޫގެ މަގުމަތީ އަޑުގަދަ ކުރަމުންދިޔަ ކުދިބައެއްގެ ތެރެއިން ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މީދޫގެ މަގުމަތީ ބުރާސްފަތި ދުވަހުގެ ރޭ އަޑުގަދަ ކުރަމުންދިޔަ ކުދިބަޔަކަށް އެކަން އެގޮތަށް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް އަޑުގަދަ ކުރުން ނުހުއްޓާނެ ކަމަށް ބުނެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް އެ ކުދިން ދެކޮޅު ހެދި ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ޒާތީ މައުލޫމާތު ނުދޭނެ ކަމަށް ބުނެ ސުލްހަ ވާން އެ ކުދިން ދެކޮޅު ހެދުމުން އެ ރަށު ފުލުސް ސްޓޭޝަނަށް ހާޒިރުވުމަށް އޮފް ޑިއުޓީގައި ހުރި ފުލުސް އޮފިސަރު އެންގި ކަމަށް ފުލުހުން ބުންޏެވެ. އެގޮތަށް އެ ކުދިންނަށް އެންގުމުން އަޑުގަދަ ކުރި ކުދިންގެ ތެރެއިން ކުއްޖަކު އެ ފުލުސް އޮފިސަރަށް ހަމަލާދިން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ހަމަނުޖެހުން ހިންގި ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާ ކުރި ކަމަށް އެ ކުއްޖާގެ އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަ ވެސް ފުލުހުން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އޭގެއިތުރުން އެ ހާދިސާގައި ފުލުސް އޮފިސަރަށް ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލު ކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ރ. މީދޫގައި ކުޑަކުއްޖަކު ހައްޔަރު ކުރަން އުޅުނު ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ކުލަ ހެދުމުގައި ހުރި ފުލުހަކު އެ ކުއްޖާ ގެންދަން މަސައްކަތް ކުރުމުން، ދެކޮޅު ހަދައި ފުލުސް މީހާ ބިންމައްޗަށް ވައްޓައިލާ މަންޒަރެވެ. ފުލުސް މީހާ ބިންމައްޗަށް ވައްޓައިލުމާއެކު، ކުޑަ ކުއްޖާ ވެސް ބިން މައްޗަށް ވައްޓައިލާ އެ ކުއްޖާ މަތަ ކުރާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެ މަންޒަރު ބަލަން އެ ރަށު ބަޔަކު އެ ސަރަހައްދުގައި ތިބޭ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.

Advertisement

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޗެކު މޭޓު

about 1 month ago

ސުރުހީ ރަނގަޅެއް ނޫނެއްނު. ވީޑިއޯއިން ފެނުނީ ކުއްޖާ ފުލުހަށް އަނިޔާކުރިތަން. ބިން މައްޗަށް ވައްޓާލާ ކޮޅުފައިންވެސް އެބަ ޖަހާ. ފުލުސް މީހާގެ ޑިސިޕްލިން ނެތްނަމަ ނުވަތަ އެއީ އާންމު މީހެއްނަމަ ކުއްޖާގެ ދުވަސް ދިޔައިސްކަން ޔަޤީން.

ސިލިކަން

about 1 month ago

މައްސަލަޔެއްނޫން. އެއީ ކުޑަކުއްޖެއް ކަމުގައި ބެލޭ ވަރަށްވުރެ ބޮޑު ކުއްޖެއް