Advertisement

ޣައްސާން މެންބަރު އަބްދުއްރަހުމާނަށް: "ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ، ތިއީ މަށާ ބެހޭ ބައެއް ނޫން"

6 ފެބުރުވަރީ 2025 - 21:45 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޣައްސާން މެންބަރު އަބްދުއްރަހުމާނަށް: "ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ، ތިއީ މަށާ ބެހޭ ބައެއް ނޫން"

6 ފެބުރުވަރީ 2025 - 21:45 3

ފޯނު ނުނަންގަވާތީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމުންއާ އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުއްރަހްމާން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން، "ފޯނު ނަގާކަށް ނުޖެހޭނެ، ތިއީ މަށާ ބެހޭ ބައެއް ނޫން" ކަމަށް މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސް ކުރައްވައި އަބްދުއްރަހްމާން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޣައްސާން ވަނީ އައްޑޫ މީދޫ ރައްޔިތުންނާއި އައްޑޫ ރައްޔިތުންނަށް އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންނަށް ނިސްބަތްކޮށް ވަރަށް ނިކަމެތި ގޮތަކަށް ވާހަކަ ދެއްކެވުމުން އެކަން ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.

"ރިޔާސީ ބަޔާނަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރެއިން ވަޒީރު ޣައްސާން މައުމޫން އާއި އަޅުގަނޑު ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ވަޒީރަށް އަޅުގަނޑު ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ އަޅުގަނޑު ދެންނެވިން. އަޅުގަނޑު މިހެން ދެންނެވުމުން ވަޒީރު ކޯފާ އިސްކުރެއްވި،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

އަބްދުއްރަހްމާން ވިދާޅުވީ ޣައްސާން ކޯފާ އިސްކުރައްވައި ވިދާޅުވީ "ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ. އައްޑޫއަކީ މަށާ ބެހޭ ވެސް ތަނެއް ނޫން" ކަމަށެވެ.

އޭގެއިތުރުން އައްޑޫ ރައްޔިތުންނާ ޣައްސާން ބައްދަލު ކުރައްވައި ރިޔާސީ އިންތިހާބުގައި ޕީއެންސީއަށް ވޯޓު ދީފިނަމަ، އައްޑޫ ރައްޔިތުން ދުވަހަކު ވެސް އެހެން ބަޔަކަށް ވޯޓު ނުދެވޭ ވަރު ކޮށްދޭނެ ވާހަކަ ހަނދުމަކޮށް އެރުވުމުން، "ތިމަންނަ އައްޑޫއަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން، އައްޑޫއަކީ މަށާ ބެހޭ ވެސް ތަނެއް ނޫން" ކަމަށް ވިދާޅުވި ކަމަށެވެ.

އަބްދުއްރަހްމާން ވަނީ ރައީސް މުއިއްޒުއަށް ފޮނުއްވި ސިޓީގައި ޣައްސާން އަރިހުގައި އައްޑޫ ރައްޔިތުން ކިބައިން މައާފަށް އެދުމަށް ދަންނަވަން އެދިފަ އެވެ. އަދި ވަޒީރުކަމުގެ ހުވައި އަލުން ޣައްސާނަށް ލައިދެއްވުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.