Advertisement

އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އަޅުގަނޑު ބުނެގެނެއް ނޫން: ގާސިމް

6 ފެބުރުވަރީ 2025 - 13:48 0

އަހުމަދު އާއިދު

އ

Advertisement

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް : އޭނާ ވިދާޅުވީ އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އަޅުގަނޑު ބުނެގެނެއް ނޫން ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އަޅުގަނޑު ބުނެގެނެއް ނޫން: ގާސިމް

6 ފެބުރުވަރީ 2025 - 13:48 0

Advertisement

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާ ބުނެގެން ނޫން ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށްފަހު މަޖިލީސް އިދާރާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހެޅިފައި ކަމަށާއި އިސްލާހާ ގުޅޭގޮތުން ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

Advertisement

އަދި، އެ މައްސަލަ ކޯޓަށް ހުށަހެޅީ ފަރާތަކީ އޭނާގެ ޕާޓީ ޖޭޕީގެ ޓިކެޓުގައި މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި، އަލީ ހުސެއިން އަށް ވުމަކީ އިއްތިފާގެއް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ބުނެގެނެއް ނޫން. އަޅުގަނޑާ މަޝްވަރާކޮށްގެން ކުރި ކަމެއް ނޫން އެއީކީ. މާތް ﷲ ގަންދީފަ މި ދެންނެވީ އިނގޭތޯ. އަޅުގަނޑަކީ އަޅުގަނޑުގެ ޕާޓީގަ އުޅުނު މީހުންނަށްވެސް ތްރީ ލައިން ވިޕު އަޅައިގެން ވަކި ގޮތަކަށް ވޯޓު ދޭން މަޖުބޫރުކުރި މީހެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ނަމަވެސް ގާސިމް ވަނީ މީގެ ކުރިން އެހެން ޕާޓީތަކުން ޖޭޕީގެ މެންބަރުން ގެންދިޔުމާއި ވެރިކަންކުރާ ޕާޓީން އެހެން ޕާޓީތަކުގެ މެންބަރުން ގެންދިއުމާ މެދު ނުރުހުން ފާޅުކުރައްވާފަ އެވެ.

Advertisement

އަވަސް އަރުވާލައިގެން ސަރުކާރުން ހުށަހަޅާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއަސާސީ އިސްލާހުކުރީ ނޮވެމްބަރު 20، 2024 ގަ އެވެ.

އިސްލާހު ގެނައީ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ވަކިކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ފެބްރުއަރީ 17، އަށެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާ ހިލާފު ކަމަށެވެ.

ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ވެސް އެ އިސްލާހު ހިލާފު ކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އޭގެއިތުރުން އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށެވެ.

އެ ސަބަބުތައް އެހެން ހުރުމުން ސުޕްރީމް ކޯޓަށް އަލީ ހުސެއިން ހުށަހަޅާފައި ވަނީ ގާނުނުއަސާސީއަށް ގެނައި އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.