6 ފެބުރުވަރީ 2025 - 05:21 0
އަމަން ހަލީމް
ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރަނީ: މިތަނުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި -- ފޮޓޯ: އަބްދުالله އިޔާން/އަދަދު
6 ފެބުރުވަރީ 2025 - 05:21 0
މައި އެއާޕޯޓު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ތަރައްގީކޮށް ނިމި, ހުޅުވޭނީ މި އަހަރުގެ އޮކްޓޫބަރުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިހެން ވިދާޅުވިއިރު, މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެލާނާ އެއާޕޯޓު ހުޅުވަން ދިން ތިން ވަނަ ތާރީހެވެ. އެންމެ ފުރަތަމަ ރައީސް ވިދާޅުވީ ޓާމިނަލްގެ މަސައްކަތް އަވަސްކޮށް, މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހުޅުވޭނެ ކަމަށެވެ.
ނަމަވެސް އެ ތާރީހަށް ނުނިންމޭނެ ކަން ހާމަކުރައްވަމުން, ދެން ރައީސް ދެއްވީ ކުރީ ސަރުކާރުގައި އެއާޕޯޓު ނިންމޭނެ ކަމަށް ބުނި ތާރީހެވެ. އެއީ މި އަހަރުގެ ޖުލައި މަހެވެ. ނަމަވެސް މި ތާރީހަށް ވެސް އެ މަސައްކަތް ނުނިމޭނެ ކަމަށް ރައީސް މި ވަނީ ވިދާޅުވެފަ އެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް މަސައްކަތް ކުރިން ބުނި ތާރީހަށް ނުނިމޭނެ ކަމަށް ބުނި އިރު, މި ލަސްވުން އައި ސަބަބާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުނުކުރެ އެވެ. މި އެއާޕޯޓު ހިންގާ, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) މިދިޔަ ނޮވެމްބަރުގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި ވެސް މަސައްކަތް ލަސްވީ ކަމަކަށް ނުބުނެ އެވެ.
އާ ޓާމިނަލްގެ އެއްވެސް ބައެއް މި އަހަރު ނުހުޅުވޭ
އެއާޕޯޓުގެ އާ ޓާމިނަލްގެ ބައެއް މި އަހަރު ހުޅުވެން ނެތް ސަބަބެއްގެ ގޮތުގައި ޝަރީފު ވިދާޅުވީ ރާއްޖެއަށް އަންނަ އެއާލައިންތައް ތަމްސީލުކުރާ އެއާލައިން އޮޕަރޭޓާސް ކޮމެޓީ (އޭއޯސީ) އާ ޓާމިނަލްގެ ބައެއް ވިޔަސް މި އަހަރު ނުހުޅުވަން އެދިފައި އޮތުމެވެ.
އާ ޓާމިނަލްގެ އެއްވެސް ބައެއް މި އަހަރު ނުހުޅުވޭ
އެއާޕޯޓުގެ އާ ޓާމިނަލްގެ ބައެއް މި އަހަރު ހުޅުވެން ނެތް ސަބަބެއްގެ ގޮތުގައި ޝަރީފު ވިދާޅުވީ ރާއްޖެއަށް އަންނަ އެއާލައިންތައް ތަމްސީލުކުރާ އެއާލައިން އޮޕަރޭޓާސް ކޮމެޓީ (އޭއޯސީ) އާ ޓާމިނަލްގެ ބައެއް ވިޔަސް މި އަހަރު ނުހުޅުވަން އެދިފައި އޮތުމެވެ.
އެސްއޯއީ ކޮމިޓީގައި އެމްއޭސީއެލްގެ ވެރިން ދެއްކީ ކުރިން ބުނި ގޮތަށް މިދިޔަ އަހަރުގެ ތެރޭގައި އެއާޕޯޓުގެ އެއްވެސް ބައެއް ނުހުޅުވޭނެ ވާހަކަ އެވެ. ބަހަނާއަކަށް ދެއްކީ, ބައެއް މަސައްކަތް ނިމިފައި ހުއްޓަސް, އެއާލައިންތައް ތަމްސީލުކުރާ އެއާލައިން އޮޕަރޭޓާސް ކޮމެޓީ (އޭއޯސީ) އިން އެއާޕޯޓުގެ ބައެއް ނުހުޅުވަން އެދިފައި އޮތުމެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނުނިމި މަސައްކަތް ލަސްވެފައިވާއިރު, މި ވަގުތު ހިނމުންދާ މަޝްރޫއުތަކުގެ އިގުތިސޯދީ ކުރިއެރުމަށް އެންމެ މުހިންމު މަޝްރޫއަކީ މިއީ އެވެ. މި ޓާމިނަލް ހުޅުވުމުން އަހަރަކު ހަތް މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ.
މިއަދުގެ ޖަލްސާ ފަށައި ރައީސް މުއިއްޒުގެ ވާހަކަ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު އިހުތިޖާޖު ކުރި އެވެ. މެންބަރުން ދިޔައީ މާލަމުގައި ވާހަކަ ދައްކައި، އަނގަބަހުން ޝުއޫރުތައް ފާޅު ކުރަމުންނެވެ.
އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އަމުރު ކުރައްވައިފަ އެވެ. އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވި އެވެ.
ނަން އިއްވި ފަހުން ވެސް މެންބަރުން ގެންދިޔައީ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ. ދެން އަބްދުއްރަހީމް، ރައީސް މުއިއްޒަށް އިޝާރާތް ކުރެއްވީ ވާހަކަ މެދުކަނޑާލުމަށެވެ. އަދި ޖަލްސާ ވެސް މެދުކަނޑާލިކަން އިއުލާނު ކުރައްވައި ވިދާޅުވީ އަލުން ފަށާނީ ނަން އިއްވި މެންބަރުން މާލަމް ދޫކުރައްވައި ވަޑައިގަތުމުން ކަމަށެވެ.
ޖަލްސާ މެދުކަނޑާލި ފަހުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ގާޑުން ވަނީ ބައެއް މެންބަރުން ގަދަކަމުން ތަޅުމުން ބޭރަށް ނެރެފަ އެވެ. ގަދަކަމުން ނެރުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ.
ޖަލްސާ އަލުން ފެށީ މެންބަރުން ތަޅުމުން ބޭރު ކުރުމަށްފަހެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment