5 ފެބުރުވަރީ 2025 - 23:16 0
ލީވާން އަލީ ނާސިރު
ސައުދީން ހަދިޔާކުރި ކަދުރު ބެހުމުގެ ތެރެއިން: މާލެ ސަރަހައްދަށް ކަނޑައެޅި އަދަދު ވަނީ ބަހައި ހުސްވެފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
5 ފެބުރުވަރީ 2025 - 23:16 0
ކުރިއަށް އޮތް ރޯދަ މަހަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބަހަން ކަނޑައެޅި އަދަދަށް ކަދުރު ބަހައި ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ ޖެނުއަރީ 20، އިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 46،251 ގޭބިސީއަކަށް 11،375 ޕެކެޓުގެ ކަދުރު ބަހައި ހުސްކޮށްފައިވާ ކަމަށެވެ.
ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔައީ ބަންދު ނޫން ކޮންމެ ދުވަހަކު ކަމަށާއި ގިނަ ރައްޔިތުންނެއް ކަދުރު ބަލައި އައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ސައުދީން ހަދިޔާކުރި ކަދުރުގެ ތެރެއިން 10،788 ކަދުރު ޕެކެޓް ރަށްރަށުގެ 56،461 ގޭބިސީއަކަށް ބެހުމަށް ކައުންސިލްތަކާ ވަނީ ހަވާލުކޮށްފަ އެވެ.
ރަށްރަށުގައި ކަދުރު ބެހުމުގެ ކަންކަން ކައުންސިލްތަކުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، ބައެއް ރަށްރަށުގައި ކައުންސިލްތަކުން ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް 102،712 ގޭބިސީއަކަށް 22،163 ކަދުރު ޕެކެޓް ދޫކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން 19 ޖަމިއްޔާއަކުން ކަދުރު ހޯދަން އިސްލާމިކް މިނިސްޓްރީގައި ނަން ނޯޓު ކޮށްފައިވާއިރު، އެއްވެސް ޖަމިއްޔާއަކަށް މިހާތަނަށް ކަދުރު ދޫނުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
Comment