4 ފެބުރުވަރީ 2025 - 15:08 0
އަހުމަދު އާއިދު
މާލޭގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ގެއެއް ކައިރީގައި ފުލުހުންގެ ހަރަކާތްތެރިވަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
4 ފެބުރުވަރީ 2025 - 15:08 0
މާލޭ ކެފޭއެއްގެ ތެރޭ މާރާމާރީ ހިންގީ އެ ކެފޭގެ ކައްކާ އަދި އޭނާގެ އެހީތެރިޔާއާ ދެމެދު ކަމަށާއި އެ ތަނުން އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި ކައްކާ އަކީ ނޭޕާލް މީހެކެވެ. އަދި އޭނާގެ އެހީތެރިޔާއަކީ ބަންގްލަދޭޝް މީހެކެވެ.
ހާދިސާގެ އަދާހަމަ ހިއްސާކޮށް ފުލުހުން ބުނީ މީގެ ތެރެއިން ބަންގްލަދޭޝް އަށް ނިސްބަތްވާ މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ. އޭނާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ގަ އެވެ.
މި މާރާމާރީގައި އަނިޔާވި މީހާގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. މާރާމާރީގައި ޒަހަމުވި މީހާގެ ގައިން ވަރަށް ބައިވަރު ލޭ އޭނާ ހުރި ކެފޭ ތެރެއަށް ފައިބާފައި ހުރި މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު، ޒަހަމުވި މީހާ ކައިރީގައި ދިވެއްސަކު ހުންނަ ތަން ވެސް ވީޑިއޯއިން ފެނެ އެވެ.
Comment