Advertisement

ބެޓީ ކްރޮކާ: ފަސޭހަ ކަމާއި ރަހައިގެ ފޮނި ތާރީހެއް

4 ފެބުރުވަރީ 2025 - 10:56 0


ބެޓީ ކްރޮކާ: ފަސޭހަ ކަމާއި ރަހައިގެ ފޮނި ތާރީހެއް

4 ފެބުރުވަރީ 2025 - 10:56 0

ފަސޭހަ ކަމާއި ރަހައިގެ ފޮށި ތާރީހެއް އޮތް އެމެރިކާގެ ކޭކް މިކްސް، ބެޓީ ކްރޮކާ އަކީ ދިވެހިންގެ ވެސް އެންމެ މަގުބޫލް، އަދި ކޭކަށް ލޯބިކުރާ މީހުންނަށް ލުއިކޮށްލަ ދިން މަރުކާ އެވެ. އާދައިގެ ބަދިގެތައް، ހަލަބޮލި ބޭކަރީތަކެކޭ ނުވަތަ ކޭކް ޝޮޕްތަކޭ އެއް ފަދަކޮށްލަ ދިން އުފެއްދުމެވެ.

ރާއްޖޭގެ ބާޒާރުގައި ބެޓީ ކްރޮކާގެ ކޭކް މިކްސް ވިއްކާތާ އެތައް އަހަރެއް ވެފައި ވާއިރު، އޭގެ ފަސޭހަކަމާއި ފެންވަރާއި ބަދަލެއް ނުވި ރަހަ އެއީ، ދިވެހިން އާންމުންނާއި ޝެފުންނާއި، ކޭކު ތައްޔާރުކުރާ މީހުންގެ އިތުބާރު ނުގެއްލި ހިފަހައްޓަމުންދާ މައިގަނޑު ސަބަބު ތަކެވެ.

މި މަރުކާގެ ތާރީހަށް ޖެހިލާއިރު، 1947 ގައި ފުރަތަމަ ކޭކް މިކްސް ތައާރަފު ކުރުމާއެކު ވެސް އެ އުފެއްދުންވީ އިންގިލާބީ ބަދަލަކަށެވެ. ބިހާއި، ފުށާއި ހަކުރާއި، އެސެކްސާއި މި ހުރިހާ ބާވަތެއް މިންކޮށް، މޮޑެ، ކޭކު ފިހުމަށް އުފަލަންޖެހޭ ތަކުލީފު ލުއިކޮށް ދިނެވެ.

މި މަރުކާގައި އުނދުން މަތީގައި ފިހަން ނުޖެހޭ ކޭކް މިކްސް ވެސް އެބަ ހުއްޓެވެ.

ބައި ކަރުނު ވެފައިވާ މި އުފެއްދުމުގެ ފޮނި ވާހަކަތަކެއް ދިވެހިންނަށް ވިއްކާކަށް ނުޖެހެ އެވެ. އެއީ އޭގެ ފެންވަރާއި ރަހަ ރަނގަޅުކަން ތަޖުރިބާކުރެވިފައި ވާތީ އެވެ. ބެޓީ ކްރޮކާ ވަނީ ދިވެހި ބަދިގެތަކަށް އުފާވެރިކަމާއި މީރުކަން ގެނެސްދީފަ އެވެ. އިތުބާރު ހޯދައިފަ އެވެ.

ކުރިއަށް އޮތީ ރޯދަ މަހެވެ. މި މަރުކާގެ އުފެއްދުންތަކެއް ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ވީބީ ބްރަދާސްއިންނެވެ.