4 ފެބުރުވަރީ 2025 - 04:58 0
މުހައްމަދު ޝަހްޒާން
4 ފެބުރުވަރީ 2025 - 04:58 0
ސިނަމާލެ ހައިވޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން މަރުވި ބިދޭސީ މީހާގެ ބޮލުގައި, ފަހަތުން އައި ސައިކަލު ޖެހުނު މަންޒަރު ފެންނަ ވީޑީއޯއެއް އާންމުވެއްޖެ އެވެ.
އާންމުވެފައި ވަނީ ސިނަމާލެ ހައިވޭގައި ހުންނަ ފުލުހުންގެ ސީސީޓީވީއެއްގެ ފުޓޭޖެކެވެ. އެ ވީޑިއޯއިން ފެންނަނީ އެކްސިޑެންޓުގައި މަރުވި ބިދޭސީ މީހާ ގޮސް، ހައިވޭގައި ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއްގައި ޖެހި ވެއްޓޭ ތަނެވެ. ހަމަ އެ ތަންވަޅުގައި ފަހަތުން ދުއްވާފައި އަންނަ ސައިކަލު ކޮންޓްރޯލް ނުވެ، ދަނީ ވެއްޓިފައި އޮތް މީހާގެ ބޮލަށް އަރައިފަ އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 8:19 ހާއިރު ހިނގި އެ ހާދިސާގައި ލިބުނު އަނިިޔާތަކާ ގުޅިގެން މަރުވީ، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެ ދުވަހުގެ 9:00 ގަ އެވެ.
މީޑިއާތަކަށް ފުލުހުން އެ ދުވަހު ފޮނުވި މެސެޖެއްގައި ބުނީ ބިދޭސީ މީހާ ދުއްވި ސައިކަލުން ޖެހުނު ކޯނަކީ، ސޯލާ ޕެނެލްތަކުގެ މަސައްކަތް ކުރަން އުޅުނު މީހުން، މަސައްކަތް ކުރަމުންދާކަން އަންގައި ދިނުމަށް ބަހައްޓާފައި ހުރި ކޯނެއް ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment