Advertisement

އިންޓަ އިން މިލާނާ އެއްވަރު، ނަޕޯލީ އަށް ރޯމާ ބަލިނުކުރެވުނު

3 ފެބުރުވަރީ 2025 - 12:06 0


އިންޓަ އިން މިލާނާ އެއްވަރު، ނަޕޯލީ އަށް ރޯމާ ބަލިނުކުރެވުނު

3 ފެބުރުވަރީ 2025 - 12:06 0

މިލާން (ފެބްރުއަރީ 3) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު އިންޓަ މިލާނުން ލަނޑު ޖަހައި، އޭސީ މިލާނާ 1-1 އިން އެއްވަރުކުރިއިރު، ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީން ރޯމާއާ ދެކޮޅަށް ކުުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާތަކާ އެކު، ނަޕޯލީ އެއް ވަނައިގައި އޮތީ 23 މެޗުން 54 ޕޮއިންޓާ އެކު އެވެ. އިންޓަ އަށް 22 މެޗުން ވަނީ 51 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މިލާން ޑާބީގައި ފުރަތަމަ ގޯލު ޖަހައި ލީޑުނެގީ އޭސީ މިލާނުންނެވެ. މި ގޯލު މެޗުގެ 45 ވަނަ މިނިޓްގައި އިންޓަގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ޖެހީ ނެދަލެންޑްސްގެ މިޑްފީލްޑަރު، ޓިޖާނީ ރައިންޑާސް އެެވެ. މިއީ، މިލާނުގެ ރަފައެލް ލެއާއޯ ކުރި އެޓޭކެއްގައި، އިންޓަގެ ކީޕަރު، ޔެން ސޮމާ އަތުގައި ޖެހިފައި އައި ބޯޅައަކުން ރައިންޑާސް ޖެހި ގޯލެކެވެ.

މެޗުގެ ބޮޑުބައި މިލާނުން ލީޑުގައި އޮތް ނަމަވެސް އިންޓަ އިން ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރި އެވެ. އޭގެ ނަތީޖާ އަކަށްވީ އިތުރު ވަގުތުގެ ތިން ވަނަ މިިނިޓްގައި އިންޓަ އިން ލަނޑު ޖަހައި އެއްވަރުކުރުމެވެ. މި ގޯލު އެ ޓީމަށް ޖަހައިިދިނީ، ނެދަލެންޑްސްގެ ޑިފެންޑަރު، ސްޓެފަން ޑި ވްރައި އެވެ. މިއީ، އޭރިއާތެރެއިން ނިކޮލަ ޒަލިއޫސްކީ ދިން ބޯޅައަކުން ޑި ވްރައި ޖެހި ލަނޑެކެވެ.

މިލާނަށް ދާދި ފަހުން ބަދަލުވި އިނގިރޭސި ފުލްބެކް، ކައިލް ވޯކާ ފުރަތަަަމަ ފަހަރަށް އެ ޓީމަށް މެޗެއް ކުޅެދިންއިރު، މި މެޗުގައި އިންޓަ އިން ގިނަ އެޓޭކްތަކެއް ކޮށްފައިވެ އެވެ.

ނަޕޯލީން ރޯމާ ކޮޅަށް ގޯލު ޖެހީ، ކުރިން ރޯމާ އަށް ކުޅުނު ލެއޮނާޑޯ ސްޕިނަޒޯލާ އެވެ. މެޗުގެ އިތުރު ވަގުތުގައި، ރޯމާ އަށް އެއްވަރުކޮށްދިނީ އެންޖެލީނޯ އެވެ.