Advertisement

ސިކްސް ސެންސަސް ލާމުގެ ޖީއެމްއަށް ހަމަލާދީ ޒަހަމްކޮށްލައިފި

3 ފެބުރުވަރީ 2025 - 10:36 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސިކްސް ސެންސަސް ލާމުގެ ޖީއެމްއަށް ހަމަލާދީ ޒަހަމްކޮށްލައިފި

3 ފެބުރުވަރީ 2025 - 10:36 1

ސިކްސް ސެންސަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރު (ޖީއެމް) މާޓިން ވެން ވެލް އަށް އިއްޔެ ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ މާޓިން ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް ހަމަލާދިނީ ފަހަތުން އައި މީހަކު ބޮލުގައި ޖަހައި މާރާމާރީ ހިންގައިގެން ކަމަށެވެ. އޭނާއަށް ހަމަލާދިނީ އެ ރިސޯޓުގަ އެވެ.

މާޓިންއަށް އަނިޔާވެގެން ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އޭނާ ވަނީ މިހާރު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.