3 ފެބުރުވަރީ 2025 - 07:59 1
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޫގޯ ޔެން ޔޫއެސްއެއިޑުގެ ޕްރޮގްރާމެއްގެ ހަފުލާގައި: މަދުވެގެން 11 ޖަމިއްޔާއެއްގެ މަސައްކަތްތައް ވަނީ ހުއްޓާލަންޖެހިފައި -- ފޮޓޯ: ޔޫއެސްއެއިޑް މޯލްޑިވްސް
3 ފެބުރުވަރީ 2025 - 07:59 1
ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީތައް މެދުކަނޑާލުމުން ރާއްޖޭގައި އެ އެޖެންސީއިން ހިންގާ ހުރިހާ ޕްރޮގްރާމުތަކެއް ހުއްޓި، ގިނަ ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި، ޔޫއެސްއެއިޑުގެ އެހީތައް ކަނޑާލުމުން މަދުވެގެން 11 އިދާރާއެއްގެ މަސައްކަތްތަކަށް ވަނީ ބުރޫއަރައިފަ އެވެ. އަދި އެތަންތަނުގެ ވަރަށް ގިނަ ބައެއްގެ ވަޒީފާ ވެސް ވަނީ ގެއްލިފަ އެވެ.
ޔޫއެސްއެއިޑުގެ ޕްރޮގްރާމުތައް މެދުކަނޑާލިއިރު، އެ އެޖެންސީން އަދި އެ އެޖެންސީއިން ފަންޑު ކުރާ ޖަމިއްޔާތަކުން ދަނީ ރާއްޖޭގައި ވަރަށް ގިނަ ޕްރޮގްރާމުތައް ހިންގަމުންނެވެ. ޑިމޮކްރަސީ އާއި ތިމާވެށި އަދި ހެޔޮވެރިކަމާ ގުޅޭ ގިނަ ޕްރޮގްރާމުތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ.
ޔޫއެސްއެއިޑު މެދުވެރިކޮށް މިދިޔަ އަހަރު މަދުވެގެން 12 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ވެސް އެމެރިކާއިން އޮތީ ނިންމައިފަ އެވެ. އެ ފައިސާ ހަވާލު ކުރިކަމެއް ނޭނގެ އެވެ. ޔޫއެސްއެއިޑުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓުތައް އެމެރިކާގެ ސަރުކާރުން ބަންދު ކުރުމުން އޭގެ ތަފުސީލު މިވަގުތު ނުހޯދުނެވެ.
ޔޫއެސްއެއިޑުން އެހީ ލިބިގެން އެންމެ ގިނަ ޕްރޮގްރާމުތައް ހިންގާ އެއް ޖަމިއްޔާއަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އެވެ. އެ ޖަމިއްޔާއަށް ލިބޭ ފައިސާގެ ތެރެއިން 80 ޕަސެންޓަކީ ޔޫއެސްއެއިޑުން ލިބޭ ފައިސާކަން މި ނޫހަށް އެނގިފައިވެ އެވެ.
ޓްރާންސްޕޭރަންސީގެ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު ބާތިލުކޮށް މިހާރު ވަނީ ނޯޓިހެއް ދީފަ އެވެ. އަދި ޔޫއެސްއެއިޑުގެ އެހީ ލިބިގެން ހިންގާ ބައެއް އެހެން ޖަމިއްޔާތަކުގެ މުވައްޒަފުންތަކެއް ކަނޑާލުމަށް ވެސް ވަނީ ނޯޓިސް ފޮނުވައިފަ އެވެ. އޭގެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު ޔޫއެސްއެއިޑުގެ ފަންޑު މެދުކަނޑާލީ 90 ދުވަހަށެވެ. އެމެރިކާއިން އެހެން ގައުމުތަކަށް ދޭ މުހިންމު ހުރިހާ އެހީއެއް ވަނީ ކަނޑާލައިފަ އެވެ. ޔޫއެސްއެއިޑުން ދޭ އެހީތަކާމެދު ހާއްސަކޮށް ސަރުކާރުގެ ވެރިން އަންނަނީ ޝައްކު އުފައްދަމުންނެވެ.
އެގޮތުން، ޔޫއެސްއެއިޑަކީ ކުށްކުރާ އެޖެންސީއެއް ކަމަށާއި އެ އެޖެންސީ "މަރާލަން ޖެހޭ" ކަމަށް ޓްރަމްޕުގެ ސަރުކާރުގައި އިސް ރޯލެއް އަދާ ކުރާ މަހުޖަނު އީލޯން މަސްކު ވަނީ އިއްޔެ ބުނެފަ އެވެ. އެހެންކަމުން، 90 ދުވަހުގެ މެދުކެނޑުމަށްފަހު ޔޫއެސްއެއިޑުގެ ޕްރޮގްރާމުތައް އަލުން ފަށާނެ ގޮތުގެ ތަފުސީލެއް އަންދާޒާ ކުރާކަށް ވެސް ނޭނގެ އެވެ.
46.15%
38.46%
15.38%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ގުލާ
about 1 month ago
ދަޅު ތޯއްޗެ ތިހިރަ ގިނަ ޖަމިއްޔާތައް ހިންގާކަން ނުވެސް އެނގޭ، ކޮންކަމެއްބާ އެނީހުން ހުރަނީ އަހަރަކު 12 މިލިއަން ޑޮލަރު ދިރުވާލައިގެން. ލަސްވެއްޖެ ތި އެހީ ކަނޑާލަން
Comment