ހުލާސާކޮށް އިއްޔެ: ވަކިކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން ހާމަނުކުރަން ސަރުކާރުން ހައި ކޯޓަށް

3 ފެބުރުވަރީ 2025 - 01:10 0

ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ވަކިކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން ހާމަނުކުރަން ސަރުކާރުން ހައި ކޯޓަށް

3 ފެބުރުވަރީ 2025 - 01:10 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ނޭނގި އޮއްވައި ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން އެންގި އެންގުން ހައި ކޯޓުގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިދިޔަ ހަފުތާގައި އިސްތިއުނާފު ކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ރައީސް އެންގެވީ އޮކްޓޯބަރު 15, 2024, ގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އައިކޮމްގައި އެދުމުން، ވަކިވަކިން އެ ތިން މައްސަލަ ބަލައި އެ މައުލޫމާތު ރައީސް އޮފީހުން ފަސް ދުވަހުގެ ތެރޭގައި ހާމަ ކުރުމަށް އައިކޮމްއިން ނިންމީ ޑިސެމްބަރު 25، 2024، ގަ އެވެ.

މުހިއްމު ބައެއް ހަބަރު