Advertisement

ބައި ޓަނުގެ މަޑި މަހާއި މިޔަރު މަސް ބޭރުކުރަން އުޅުނީ ފިލްމު ޑައިރެކްޓަރު ނަހުލާގެ ކުންފުނިން

31 ޖަނަވަރީ 2025 - 08:47 9

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ނަހުލާ އާއި ސިނާނު، އަދި ކަސްޓަމްސްއިން ހިފެހެއްޓި މަސްތައް


ބައި ޓަނުގެ މަޑި މަހާއި މިޔަރު މަސް ބޭރުކުރަން އުޅުނީ ފިލްމު ޑައިރެކްޓަރު ނަހުލާގެ ކުންފުނިން

31 ޖަނަވަރީ 2025 - 08:47 9

މިދިޔަ ނޮވެމްބަރު މަހު ވަގަށް ރާއްޖެއިން ބޭރަށް ބައި ޓަނުގެ މަޑި މަހާއި މިޔަރު މަސް ބޭރު ކުރަން އުޅުނީ "ދަ ކްރިސްޓަލް ކޮމްޕެނީ" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ ނޮވެމްބަރު 7، 2024 ގައި ކަސްޓަމްސްއިން ބަލާ ފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 582 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

"ނޮވެމްބަރު 7، 2024 [ވަނަ] ދުވަހު ކަސްޓަމްސްއިން ބަލައި ފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު [ޖުމުލަ 582 ކިލޯ] ފެނިފައިވާ މައްސަލައެއް މި ސާވިސްއިން މި ދަނީ ތަހުގީގު ކުރަމުން، މި ޝިޕްމެންޓް ކަސްޓަމްސްއަށް ޑިކްލެއާ ކޮށްފައި ވަނީ ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން،" ކަސްޓަމްސްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ކަސްޓަމްސްއިން ހިފެހެއްޓި މަޑި އާއި މިޔަރު މަސްތައް


މަޑި މަހާއި މިޔަރު މަހަކީ ރާއްޖޭގައި ބޭނުމާއި އޭގެ ވިޔަފާރި ކުރުން ވެސް މަނާ ބާވަތްތަކެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އެނގޭ ގޮތުގައި ދަ ކްރިސްޓަލް ކޮމްޕެނީއަކީ ދިވެހި ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އެ މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްފައި އޮތީ، ދިވެހި ފިލްމު ޑައިރެކްޓަރު، ފާތިމަތު ނަހުލާ އާއި އޭނާގެ ފިރިމީހާ ހަސަން ސިނާން އެވެ. އެ ވިޔަފާރި ރެޖިސްޓްރީ ކޮށްފައި އޮތީ ވެސް ނަހުލާގެ ގެ، މއ. ކަބީލާގެ އަށެވެ.

ކަސްޓަމްސްއިން ބުނީ ވަގަށް ބޭރު ކުރަން އުޅެނިކޮށް އަތުލައިގެން މަޑި މަހާއި މިޔަރު މަސްތައް މިދިޔަ ޑިސެމްބަރު މަހު ނައްތާލާފައިވާ ކަމަށެވެ.