މަޖިލީހުގެ މެންބަރުން ވަޒީރުންނާ ބައްދަލު ކުރަން އެދޭ ނަމަ ރައީސް އޮފީސް މެދުވެރިކޮށް އެޕޮއިންޓްމަންޓު ހަދަން އަންގައިފި

30 ޖަނަވަރީ 2025 - 15:06 5

އަހުމަދު އާއިދު

އ

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


މަޖިލީހުގެ މެންބަރުން ވަޒީރުންނާ ބައްދަލު ކުރަން އެދޭ ނަމަ ރައީސް އޮފީސް މެދުވެރިކޮށް އެޕޮއިންޓްމަންޓު ހަދަން އަންގައިފި

30 ޖަނަވަރީ 2025 - 15:06 5

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރަސްމީކޮށް ވަޒީރުންނާ ބައްދަލުކުރާ ނަމަ ރައީސް އޮފީހަށް އަންގަންޖެހޭ ގޮތަށް އުސޫލެއް ހަަދައި އަމަލު ކުރަން ފަށައިފި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މި އުސޫލުގެ ދަށުން ވަޒީރަކާ ބައްދަލުކުރަން އެދޭ މަޖިލިސް މެންބަރުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ ރައީސް އޮފީހަށެވެ. އެޕޮއިންޓްމަންޓަށް އެދުނު ވަޒީރާ މަޝްވަރާކޮށް މެންބަރުންނާއެކު ބާއްވާ ބައްދަލުވުން ހަމަޖައްސައިދެނީ ރައީސް އޮފީހުންނެވެ.

މިކަމުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މެންބަރުންނާއި ވަޒީރުންގެ ރަސްމީ ބައްދަލުވުންތަކުގެ ޔައުމިއްޔާ ވެސް ރައީސް އޮފީހާ ހިއްސާކުރަން އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ވެރިކަންކުރާ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާ މި ނޫހުން ނޫސްވެރިން ސުވާލުކުރުމުން ބައެއް މެންބަރުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

އެގިފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި ވެސް ބައެއް މެންބަރުން ވަޒީރުންނާ ބައްދަލު ކުރެއްވީ ރައީސް އޮފީސް މެދުވެރިވެ، އެ އޮފީހަށް އެންގުމަށްފަހެވެ. އެކަން ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ބައެއް މެންބަރުން ވެސް ކަށަވަރުކޮށްދީފައިވެ އެވެ.

ސަރުކާރުން މިފަދަ އުސޫލަކަށް އަމަލުކުރަމުންދާއިރު ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ވަޒީރުން ހިމެނޭހެން ވެރިކަމުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު އޮތް ގުޅުން ރަނގަޅު ކަމަށް ގަބޫލުނުކުރައްވާ ކަަމަށް އަބްދުއްރަހީމް ވަނީ މި ހަފުތާ ތެރޭ ވިދާޅުވެފަ އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަމުން، ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރަން ރައީސް މުއިއްޒު ނިންމެވުމުން ރާއްޖޭގެ ނޫހަކާ ދެއްކެވި ވާހަކައެއްގެ ތެރެއިންނެވެ.

50.00%

0.00%

50.00%

0.00%

މި ލިޔުން ކިޔާލުމުން


ރަސްމީހެ

20 days ago

ކަށަވަރުނުވާ ހަބަރު ލިޔަން ތި އިންނަނީ ކަލޭމެން ހަދާ ދޮގުތަކަށް ސުވާލުވެވޭމެ ދުވަހެއް އަންމާނެ.

ބިޗާރާ

21 days ago

މި ގޮތް ބަރާބަރު. ނޫނީ ނޯންނާނެ ހަމަޔެއް ލަމަޔެއް... މިނިސްޓަރުންނަށް ގިނައިން މި ތިބެނީ ރަނގަޅަށް ކިޔަވައިގެން ތިބި މީހުން.

ހިޔަލަ ޕެޔާ

21 days ago

މަޖުލިސް މެންބަރުންނަކީ ދައުލަތުގެ އެއްބާރުގެ ވެރިން އެމީހުންނަކީ މިހާރު ފައިފުހި ތަކެއްގެެ ދަރަޖައިގަ ތިބި ބައެއް ވ ވ ސަލާން

އަންތަރީސްވ

21 days ago

މީ އެޑިއުކޭޝަން މިނިސްޓަރުގެ ހިޔާލެއް.

ިބރަހިމ

21 days ago

މި ގޮލާ ހަމަ ރަގަޅަށްވެސް ޑިކްޓޭޓަރަކަށް ވެ ނިމިއްޖެ. ވެރިކަން ބަދަލުކުރަން ނިކުންނަން ޖެހޭ އެބަ.