30 ޖަނަވަރީ 2025 - 07:04 2
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު މޮޅަދޫގައި ވާހަކަދައްކަވަނީ : އާރުޓީއެލް ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރަން އެމްޓީސީސީއަށް ރައީސް ވަނީ އަންގަވާފަ --- ފޮޓޯ: ރައީސް އޮފީސް
30 ޖަނަވަރީ 2025 - 07:04 2
މިދިޔަ ސަރުކާރުން އިފްތިތާހުކުރި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ގެ ފެރީގެ ނިޒާމުގެ ދަށުން 40 އަށްވުރެ ގިނަ ރަށުގައި އެމްޓީސީސީ އިން ތަރައްގީކުރި ފެރީ ޓާމިނަލްތައް ރަށު ކައުންސިލްތަކާ ހަވާލުކުރަން އަންގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު މޮޅަދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ފެރީ ޓާމިނަލްތައް އެމްޓީސީސީންވެސް ހިންގަން ފަށާފައިނުވާ ކަމަށާއި މިހާރު ހުރިގޮތުން އެ ތަންތަން ވީރާނާވުމުގެ ފުރުސަތު ބޮޑުކަމަށެވެ.
"މިހާރު އަޅުގަނޑު ވާނީ އެމްޓީސީސީއަށް ދަންނަވާފަ. އިއްޔެގަ ދެންނެވި މި ދެންނެވި 46 ރަށުގަ މިހިރަ ފެރީ ޓާމިނަލްތައް އެގޮތަށް ހުރެ ވީރާނާވެގެން ދިއުމުގެ ބަދަލުގަ އެ ތަންތަން ކައުންސިލްތަކާ އެގްރީމެންޓުކޮށް ހަވާލުކުރުމަކީ އެމްޓީސީން ކުރިއަށް ގެންދަންވާނެ ކަމެއް ކަމުގަ،" ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ފެބްރުއަރީ މަސް ނިމުމުގެ ކުރިން މި ޓާމިނަލްތައް ރަށު ކައުންސިލްތަކާ ހަވާލުކުރެވި ހިދުމަތް ދެވެން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ފުރިހަމަ ހައްްލެއް ގެނައުމުގެ މަގްސަދުގައި މިދިޔަ ސަރުކާރުން ފެށި އާރުޓީއެލް މަޝްރޫއުގެ ދަށުން ރާއްޖޭގެ ދެކުނާއި އުތުރުގެ އަތޮޅުތަކުގައި މިހާރު ހިދުމަތްދެ އެވެ. މި ހިދުމަތަށް ބޭނުންކުރަނީ ދުވެލި ބާރު ލޯންޗު ފެރީތަކެކެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ގާއިމު ކުރައްވާނެ ކަމަށް މި މަހުގެ ކުރީކޮޅު ރައީސް މުއިއްޒު ވަނީ ވިދާޅުވި އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މިވަރު ކަމެއް
about 1 month ago
އެމްޓީސީސީގެ ނާގާބިލު ކަމާ ދޯ އެވެ؟؟؟
އަބްޑޫޅް +
about 2 months ago
މުޅަދޫ އަހަންމަދަނިކު އަށް ސަލާން.
Comment