30 ޖަނަވަރީ 2025 - 10:55 0
އަހުމަދު އާއިދު
ރާއްޖެ-އިންޑިއާ ކޯ ގްރޫޕުން ފޮރިން މިނިސްޓްރީގައި ބޭއްވި މަޝްވަރާ ބަދަލުވުން: މިއީ އަސްކަރީ ގިނަ ކަންތައްތަކެއް އެކުލެވޭ ލިޔުމެއް -- ފޮޓޯ: ފޮރިން މިނިސްޓްރީ
30 ޖަނަވަރީ 2025 - 10:55 0
މިދިޔަ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުގައި އެ ގައުމާއެކު އެއްބަސްވެ، އެކުލަވާލި ރާއްޖެ-އިންޑިއާ "ވިޝަން ޑޮކިއުމަންޓު" ތަންފީޒުކުރަން އުފެއްދި ދެ ގައުމުގެ އިސް އޮފިޝަލުން ހިމެނޭ ހައިލެވެލް ކޯ ގްރޫޕުން ފުރަތަމަ ފަހަރަށް ބައްދަލުކޮށްފި އެވެ.
ރޭ ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުގައި އެންމެ އިސްކޮށް އިންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އެވެ. މީގެއިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު އާއި އެކި ވުޒާރާތަކުގެ އިސްވެރިން ކޯ ގްރޫޕުގައި ހިމެނެ އެވެ.
އިންޑިއާގެ ވަފުދު ލީޑުކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖީ ބާލަސުބްރަމާނިއަން އެވެ. އިންޑިއާގެ ވަފުދުގައި އަސްކަރިއްޔާގެ އިސްވެރިން ވެސް ހިމެނުނެވެ.
ރޭގެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ހާރިޖީ ވުޒާރާއިން ބުންޏެވެ. މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި އިގުތިސޯދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިންގް އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނެ އެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހު އިންޑިއާގައި ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment