ދިރާގު ރޯޑް ރޭސް އަންނަ މެއި މަހު ފުވައްމުލަކުގައި ބާއްވަނީ

29 ޖަނަވަރީ 2025 - 10:33 0

ލީވާން އަލީ ނާސިރު

ލ


ދިރާގު ރޯޑް ރޭސް އަންނަ މެއި މަހު ފުވައްމުލަކުގައި ބާއްވަނީ

29 ޖަނަވަރީ 2025 - 10:33 0

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ފުރަތަމަ ފަހަރަށް އަންނަ މެއި 2، ގައި ފުވައްމުލައް ސިޓީގައި ބާއްވަން ނިންމައިފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ އެ ދުވުން "ދިރާގު ފުވައްމުލައް ރަން" ނަމުގައި ވަނީ ލޯންޗު ކޮށްފަ އެވެ.

ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ދިރާގު ރޯޑް ރޭސްގެ ދަށުން މާލެއިން ބޭރުގައި ބޭއްވުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.

"ފުވައްމުލަކުގެ ތަފާތު ގުދުރަތީ ރީތިކަމާއި، ކުލަގަދަ ސަގާފަތާއި، ހޫނު މެހެމާންދާރީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ސަޓިފައިޑް ރޫޓެއްގައި ދުވުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އަލީ ރިޔާޒް ވިދާޅުވީ އެ އިވެންޓްގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްއޫރުވެގެންދާނެ ކަމަށެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ އެ ސިޓީގައި ދުވުން ބޭއްވުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށާއި އިވެންޓުގެ ސަބަބުން އެ ސިޓީގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލަން ފުރުސަތު ލިބޭނެ ކަމަށެވެ.

"ރާއްޖެ އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ދުވުންތެރިން ދިރާގު ފުވައްމުލައް ރަން ގައި ބައިވެރިވެ މި ރަށުގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމަށް ދައުވަތުއަރުވަން. އަޅުގަނޑުމެން މި ތިބީ މި ދުވުމުގައި ބައިވެރިވުމަށް މި ރަށަށް ޒިޔާރަތްކުރާނެ ހުރިހާ ދުވުންތެރިންނަށް ހޫނު މަރުހަބާ އެއް ކިއުމަށް ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ދިރާގު ފުވައްމުލައް ރަން އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ހާއްސަ ޕޯޓަލް މެދުވެރިކޮށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.