Advertisement

ކުޑަކުއްޖަކު ފިހި، އަނިޔާވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

29 ޖަނަވަރީ 2025 - 12:52 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ފުލުހުންގެ މައި އިދާރާ؛ ފުލުހުން ބުނީ ފިހިގެން އަނިޔާވި ކުއްޖާއަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް -- ފޮޓޯ: އަދަދު ފައިލް


ކުޑަކުއްޖަކު ފިހި، އަނިޔާވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

29 ޖަނަވަރީ 2025 - 12:52 0

ކުޑަކުއްޖަކު ފިހި، އަނިޔާވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފިހިގެން އަނިޔާވެފައި ވަނީ 13 އަހަރު ފިރިހެން ކުއްޖަކަށް ކަމަށެވެ. އަދި އެ ކުއްޖާއަށް ފަރުވާދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

"13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ އެކަމުގެ މައުލޫމާތު ހޯދައި، އެ މައްސަލަ ޖެނުއަރީ 23، 2025 ވަނަ ދުވަހު ތަހުގީގު ކުރަން ފަށާފައި،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

ފިހިގެން އެ ކުއްޖާއަށް އަނިޔާވި ގޮތް ބެލުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.