29 ޖަނަވަރީ 2025 - 03:32 1
އަހުމަދު އާއިދު
ހއ. އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް މުއިއްޒު ދިއްދޫގައި ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
29 ޖަނަވަރީ 2025 - 03:32 1
މި ސަރުކާރު އަދި އެ މަނިކުފާނުގެ ސިޔާސަތަކީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ ހައްގުތަކާއި މިނިވަންކަން އޭގެ ފުރިހަމަ މިނުގައި ލިބިދީފައި އޮތުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގައި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވާ ކަމަށާއި "އެއީ މި ސަރުކާރުން ތަންފީޒުކުރާނެ ސިޔާސަތު" ކަމަށެވެ.
ގާނޫނަކުން މަނާނުވާ ކޮންމެ ކަމެއް ކުރުމުގެ ހައްގު އޮންނާނެ ކަމާއި ސަރުކާރަށް އޮންނާނީ ގާނޫނުތަކުގައި ބުނެފައި އޮތް ކަންތައް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ގައުމަށް ބޭނުންވާ އިސްލާހަކީ މިއީ" ކަމަށާއި ގައުމަށް ހަމަޖެހުން އަންނާނީ އޭރުން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ދިއްދޫގައި އެމަނިކުފާނާ ދެކޮޅު ޝުއޫރު ލިޔެ ދަމާފައި ހުރި ބެނާތައް ފުލުހުން ނުކުމެ ކަނޑައިލި އެވެ. އަދި ދިއްދޫ އެމްޑީޕީގެ މެންޒަރުންނަށް ފުލުހުން ދިޔައީ އިންޒާރު ވެސް ދެމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވަނީ ސަރުކާރަށާއި އެ މަނިކުފާނަށް ރައްދުކޮށް ކޮންމެ އެއްޗެއް ކިޔަސް އެއީ މައްސަލައެއް ނޫން ކަމަަވެށެ. އެއަށް ފަހު ޖެހިގެން ވިދާޅުވީ "ކޮންމެ މީހެއްގެ ވެސް އަބުރެއް އޮތްކަން ގަބޫލުކުރަން ޖެހޭނެ" ކަމަށެވެ.
"ރިވެތި އަހުލާގު އިސްކުރަންޖެހޭނެ. ރިވެތި ބަހުރުވައިން ވާހަކަ ދައްކަންޖެހޭނެ. ކޮންމެ ރައްޔިތަކީ ވެސް ހުރުމަތްތެރިވެގެންވާ ރައްޔިތެއްކަން ގަބޫލު ކުރަންޖެހޭނެ. ކޮންމެ މީހެއްގެ ވެސް އަބުރެއް އޮތްކަން ގަބޫލުކުރަން ޖެހޭނެ. ތިމާއަށް ވުރެ ނިކަމެއްތިކޮށް އަނެކާއާ ދޭތެރޭ ދެކުމަކީ ދީނީ ގޮތުން އޮތް ގޮތެއް ނޫންކަން ގަބޫލުކުރަންޖެހޭނެ. ސިޔާސީ ގޮތުން ތިމަންނާނާ އަނެކާއާ ހިޔާލު ތަފާތުވުމަކީ އަނެކާ ކުޑަކޮށްލައި ނިކަމެތި ކޮށްލައި ކުޑައިމީސްކުރުމުގެ ހައްގު އެ މީހަކަށް ލިބޭ ކަމެއް ނޫންކަން ގަބޫލުކުރަން ޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގައުމަށް ހަމަޖެހުން އަންނާނީ މިފަދަ ކަންކަމަކީ ފަރުދީ ޒިންމާއެއް ކަމަށް ގަބޫލު ކުރެވޭ ދުވަހަކުން ކަމަށާއި އެހެން ނޫނީ ކިތަންމެ އެއާޕޯޓެއް އެޅިޔަސް، ކިތަންމެ މަގެއް ހެދިޔަސް، ކިތަންމެ މަޝްރޫއުތަކެއް ރަށެއްގައި ހިންގިޔަސް ތަރައްގީއެއް ނާންނާނެ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް ރައްދުވާ ފާޑުކިޔުންތައް އިތުރުވަމުން ދާއިރު، ދިއްދޫ ޖަލްސާގައި އެ މަނިކުފާނު ފާހަގަ ކުރެއްވީ ފާސިގުން ގެންނަ ވާހަކަތަކާ މެދު ވިސްނަންޖެހޭ ކަމަށެވެ.
"ވަރަށް ސާފުކޮށް އެބައޮތް ދީނުގައި އަމުދުން އެއީ އިތުބާރު ނުކުރެވޭ މީހަކު ކަމަށް ވަންޏާ، ފާސިގެއް ކަމަށް ވަންޏާ، އެ ދައްކާ ވާހަކައެއްގެ ތެދު ހަގީގަތް ތިމަންނަ ބަލަން ޖެހޭނެކަން. އެއީ ތިމަންނަގެ ޒިންމާއެއްކަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ކޮންމެ ފިކުރެއްގައި ހުރި ނަމަވެސް ކޮންމެ ދިވެއްސަކީ ވެސް ފުރަތަމަ އިސްލާމެއް ކަމަށާއި ބުއްދީގެ ބޭނުން ހިފައިގެން ކަންކަމާމެދު ގޮތް ނިންމާނީ އަމިއްލައަށް ކަމާއި އެއީ އެހެން މީހަކު ކޮށްދޭން ޖެހޭ ކަމެއް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ބުއްދީގެ ބޭނުން ނުކުރާނަމަ އިންސާނާ، ޖަނަވާރުންނާ ތަފާތެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ތައުފީގް
17 days ago
އެމް ޑީ ޕީ އަކީ ޤައުމީ މަސްލަޙަތާ މުޖުތައުމުގެ އެއްބައިވަންތަ ކަމަށް ވިސްނާ ބައެއްކަން ރޭވެސް އެފެނުނީ. ލަދެއް ޙަޔާތެއް ނެތް ބައެއް
Comment