ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު މަގާމުން އިއްޔެ ވަކިކުރި އެވެ.
"އަދަދު" އާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުން އޭނާ ވަކި ކުރިކަން އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީ ލިބިވަޑައިގަތީ މިއަދު ހެނދުނު ކަމަށެވެ.
"މިއަދު [އިއްޔެ] ސިޓީ ލިބުނީ. އެކަން ނިމިއްޖެ. ދެން މިހާރު މި އައީ ގެއަށް،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވަކި ކުރުމަށްފަހު ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ހަވާލުކޮށްފަ އެވެ. ފައިސަލް ވަކިކޮށްފައިވާކަން ރައީސް އޮފީހުން ވެސް ވަނީ ބުނެފަ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ޓުއަޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް، އެ މަގާމުން ވަކިކުރައްވައިފި،" ރައީސް އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޓުއަރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކި ކުރިއިރު، އޭނާގެ ބައްޕަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އެނގިފައިވާ ގޮތުގައި އަބްދުއްރަހީމް މި ވަގުތު ހުންނެވީ މެލޭޝިޔާގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment