ގާފަރުގައި ބިދޭސީއަކަށް ވަޅިން ހަމާލާދީފި

28 ޖަނަވަރީ 2025 - 12:28 0

އަހުމަދު އާއިދު

އ


ގާފަރުގައި ބިދޭސީއަކަށް ވަޅިން ހަމާލާދީފި

28 ޖަނަވަރީ 2025 - 12:28 0

ކ. ގާފަރުގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާ ހިނގީ މިއަދު ހެދުނު ކަމަށެވެ. ހަމަލާ ދީފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ޖާޒިމް ޖައުފަރު، ގުލްދަސްތާގެ، ކ. ގާފަރު އެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ޖާޒިމް އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރި ޖަލު ހުކުމެއް ނިންމާ މި ފަހުން މިނިވަންވެފައިވާ މީހެކެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ ޒަހަމްވި ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ. އެ މީހާއަށް ހަމަލާދޭން ބޭނުންކުރި ވަޅިއާއި ޒަހަމްވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުން ހަމަލާދޭން ބޭނުންކޮށްފައިވަނީ ފަސް ވަރަކަށް އިންޗީގެ ދިގުމިން ހުރި ވަޅި އެކެވެ. ބިދޭސީ މީހާއަށް ލިބިފައިވަނީ ފުން ޒަހަމެއްކަމަށްވެސް ފޮޓޯތަކުން ބެލެވެ އެވެ.