Advertisement

މިނިސްޓަރުކަމުގެ މަސްއޫލިއްޔަތު ފައިސަލް އަދާކުރީ އިހުލާސްތެރިކަމާއެކު، އެކަމަށް ފަހުރުވެރިވަން: އަބްދުއްރަހީމް

28 ޖަނަވަރީ 2025 - 08:52 0

މުހައްމަދު ޝަހްޒާން

މ

Advertisement

މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މިނިސްޓަރުކަމުގެ މަސްއޫލިއްޔަތު ފައިސަލް އަދާކުރީ އިހުލާސްތެރިކަމާއެކު، އެކަމަށް ފަހުރުވެރިވަން: އަބްދުއްރަހީމް

28 ޖަނަވަރީ 2025 - 08:52 0

Advertisement

Advertisement

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް މިއަދު މަގާމުން ވަކި ކުރެއްވި އިބްރާހިމް ފައިސަލް މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވީ އިހުލާސްތެރިކަމާއެކުގައި ކަމަށާއި އެކަމަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކި ކުރެއްވިފަހުން އެކްސްގައި އަބްދުއްރަހީމް ކުރެއްވި ފުރަތަމަ ޕޯސްޓުގައި ވިދާޅުވީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ނަތީޖާ ނެރެދެއްވައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުބާރާއި ލޯބި ހޯދި ކަމަށެވެ.

Advertisement

"އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް ފައިސަލްއަށްޓަކައި އަޅުގަނޑާ އަޅުގަނޑުގެ އާއިލާ ފަހުރުވެރިވަން، ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހުލާސްތެރިކަމާއެކު، ނަތީޖާ ނެރެދެއްވި، ދާއިރާގެ އިތުބާރާއި ލޯބި ހޯދި،" އަބްދުއްރަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޓުއަރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

"މިއަދު ސިޓީ ލިބުނީ. އެކަން ނިމިއްޖެ. ދެން މިހާރު މި އައީ ގެއަށް،" ފައިސަލް ވިދާޅުވި އެވެ.

ޓުއަރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

"މިއަދު ސިޓީ ލިބުނީ. އެކަން ނިމިއްޖެ. ދެން މިހާރު މި އައީ ގެއަށް،" ފައިސަލް ވިދާޅުވި އެވެ.

Advertisement

އަބްދުއްރަހީމްގެ ޕޯސްޓުގައި ވަނީ ފައިސަލްއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރުކުރައްވައި އުޖާލާ މާދަމާއެއް ދެއްކެވުން އެދި ދުއާ ކުރައްވައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް މިއަދު ވަކި ކުރީ ފައިސަލް މިއަދު ހެނދުނު އޮފީހަށް ވެސް ދިޔަ ފަހުންނެވެ. އެކަމާ ގުޅޭގޮތުން "އަދަދު" އާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ "އެކަން ނިމިއްޖެ، ދެން މި އައީ ގެއަށް،" ކަމަށެވެ.

ފައިސަލް ވަކި ކުރުމަށްފަހު ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ހަވާލުކޮށްފަ އެވެ. ފައިސަލް ވަކިކޮށްފައިވާކަން ރައީސް އޮފީހުން ވެސް ވަނީ ބުނެފަ އެވެ.

މިނިސްޓަރުކަމުގެ މަގާމުން ފައިސަލް މިއަދު ވަކިކުރިއިރު، އަބްދުއްރަހީމް މިވަގުތު ހުންނެވީ މެލޭޝިއާގަ އެވެ.

ފައިސަލް މަގާމުން ވަކިކޮށްފައި މި ވަނީ އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ. ރައީސް މުއިއްޒުގެ ކެބިނެޓުގެ ބައެއް އެހެން ވަޒީރުންނާއި ފައިސަލްއާ ވެސް އޮތީ މައްސަލަތަކެއް ޖެހިފަ އެވެ.