Advertisement

އެފްއެސްއެމްގެ ޝެޑުތަކުން ފުޅި އާއި ހަމަށް ތެޔޮ އަޅާ އުސޫލަށް ބަދަލެއް

28 ޖަނަވަރީ 2025 - 06:15 0

ލީވާން އަލީ ނާސިރު

ލ

Advertisement

އެފްއެސްއެމްގެ ޝެޑަކުން ސައިކަލުތަކަށް ޕެޓްރޯލް އަޅަނީ: އެ ކުންފުނީގެ ޝެޑުތަކުން ފުޅި އާއި ހަމަށް ތެޔޮ އަޅާ އުސޫލަށް ވަނީ ބަދަލު ގެނެސްފައި -- ފޮޓޯ: އަދަދު ފައިލް


އެފްއެސްއެމްގެ ޝެޑުތަކުން ފުޅި އާއި ހަމަށް ތެޔޮ އަޅާ އުސޫލަށް ބަދަލެއް

28 ޖަނަވަރީ 2025 - 06:15 0

Advertisement

Advertisement

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މާލެ އާއި ހުޅުމާލޭގައި ހިންގާ ޝެޑުތަކުން ފުޅި އާއި ހަމަށް ތެޔޮ އަޅާ އުސޫލަށް ބަދަލު ގެނެސްފި އެވެ.

އެފްއެސްއެމްއިން ގެނައި ބަދަލާ އެކު އަންނަ ފެބްރުއަރީ 1، އިން ފެށިގެން ކަސްޓަމަރު އައިޑީކާޑު ހިފައިގެން ދިޔުމުން ފުޅިއަކަށް ގިނަވެގެން ދޫކުރާނީ ދުވާލަކު ތިން ލީޓަރުގެ ތެލެވެ.

Advertisement

މީގެއިތުރުން ހަމަށް ތެޔޮ ދޫކުރާނީ ޑިންގީ ނުވަތަ ލޯންޗެއްގެ ރަޖިސްޓްރީއަށް ބަލައި، ދުވާލަކު ގިނަވެގެން 80 ލީޓަރު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެފްއެސްއެމްއިން ބުނީ އެ ބަދަލު ގެންނަން ނިންމީ ސަލާމަތީ މިންގަނޑުތަކަށް ބަލައި އުސޫލަށް ބަދަލު ގެންނަން ފެންނާތީ، ހިދުމަތް ހޯދާ މީހުންނަށް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

"މި ބަދަލުތައް ގެނައުމަށް ނިންމުނީ، ސަލާމަތީ މިންގަނޑުތަކަށް ބަލައި އުސޫލަށް ބަދަލު ގެްނަން ފެންނާތިވެ އާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި،" އެ ކުންފުނިން ބުންޏެވެ.

Advertisement

އެފްއެސްއެމް އިން އެއްގަމު އުޅަނދުތަކަށް ތެޔޮ އަޅައިދޭ ޝެޑުތަކުގެ ރޭޓުތައް، ބަނދަރުގައި ކަނޑު އުޅަނދުތަކަށް ތެޔޮ އަޅައިދޭ ރޭޓަށްވުރެ ބޮޑެވެ.