Advertisement

އަލް ހިލާލުން ކޮންޓްރެކްޓް އުވާލުމުން ނޭމާ ސަންޓޯސް އަށް

28 ޖަނަވަރީ 2025 - 02:59 0

Advertisement


އަލް ހިލާލުން ކޮންޓްރެކްޓް އުވާލުމުން ނޭމާ ސަންޓޯސް އަށް

28 ޖަނަވަރީ 2025 - 02:59 0

Advertisement

ރިޔާދު (ޖެނުއަރީ 28) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ގަދަ ބާރު އަލް ހިލާލުން ބްރެޒިލްގެ ތަރި ނޭމާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ނިންމުމުން އޭނާ ބްރެޒިލްގެ ސަންޓޯސް އަށް ބަދަލުވާން ނިންމައިފި އެވެ.

ނޭމާ، 32، 2023 ވަނަ އަހަރު އަލް ހިލާލް އަށް ސޮއިކުރި، ދެ އަހަރުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ، 400 މިލިއަން ޑޮލަރެވެ. ދެ އަހަރު ތެރޭ، ނޭމާ އަށް މި އަދަދު ލިބޭ މި ކޮންޓްރެކްޓް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރާއިރު ދޭ ބޯނަހާއި މުސާރައިގެ އިތުރުން އިސްތިހާރުގެ ޑީލްތައް ހިމެނެ އެވެ. އެކަމަކު، އެ ވަރުގެ ކޮންޓްރެކްޓެއްގައި އެ ކްލަބާ އެކު ސޮއިކޮށް ނޭމާ އަށް އަނިޔާގެ މައްސަލަތަކާ ހެދި އެ ޓީމަށް ކުޅެދެވުނީ އެންމެ ހަތް ވަރަކަށް މެޗެވެ.

Advertisement

މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ނޭމާއާ ވެސް މަޝްވަރާކޮށް، އަލް ހިލާލުން ނިންމީ ކޮންޓްރެކްޓް ނިމުމަކަށް ގެންނާށެވެ.

ސަންޓޯސް ދޫކޮށް، ނޭމާ، 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ، ޖުމްލަ އެކު، 80 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ބާސެލޯނާ ދޫކޮށް، ނޭމާ، 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. ޕީއެސްޖީން ނޭމާގެ ސޮއި ހޯދީ، 242 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. މި ޓްރާންސްފާއާ ގުޅޭ ޓެކްސް މައްސަލަައެއްގެ ތަހުގީގެއް ފްރާންސްގައި އަދިވެސް ކުރިއަށް އެބަދެ އެވެ.

ނޭމާ، މީގެ ކުރިން، ސަންޓޯސް އަށް ކުޅުނުއިރު، އެ ޓީމަށް 225 މެޗުން 136 ގޯލު ޖަހައިދިނެވެ. އަލުން ނޭމާ ސަންޓޯސްއާ މި ގުޅެނީ 12 ވަރަކަށް އަހަރު ފަހުންނެވެ.