27 ޖަނަވަރީ 2025 - 21:57 0
ލީވާން އަލީ ނާސިރު
ކުޅުދުއްފުށީގައި ކުޑަ ކުއްޖަކު ދުއްވި ޕިކަޕެއް އެއާޕޯޓު ފެންސުގައި ޖެހުން
27 ޖަނަވަރީ 2025 - 21:57 0
ކުޅުދުއްފުށި ސިޓީގައި ކުޑަކުއްޖަކު ޕިކަޕެއް ދުއްވަނިކޮށް ކޮންޓްރޯލުން ނެއްޓި، އެ ރަށު އެއާޕޯޓު ފެންސުގައި ޖެހި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ޕިކަޕު ކޮންޓްރޯލުން ނެއްޓިގެން ގޮސް އެއާޕޯޓުގެ ފެންސުގައި ޖެހި ޕިކަޕުގެ އިތުރުން ފެންސަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
ނަމަވެސް ޕިކަޕު ދުއްވަން އިން ކުއްޖާއަށް އެކްސިޑެންޓުގައި އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ޕިކަޕު ދުއްވަން ޑްރައިވަރު ސީޓުގައި އިން ކުޑަކުއްޖާ ޕިކަޕުން ބާލުވަނީ ޕެސެންޖާ ސީޓުގައި ހުރި މީހެކެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ސަމާލުކަމަށް އައުމާ ގުޅިގެން، މިހާތަނަށް ބެލި ބެލުމުން ޕިކަޕު ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއްކަން އެނގިފައިވާ ކަމަށެވެ.
މިގޮތުން އެއާޕޯޓު ފެންސުގައި ޖެހުނު ޕިކަޕު ޓޯކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Comment