27 ޖަނަވަރީ 2025 - 12:25 0
ލީވާން އަލީ ނާސިރު
ހުޅުމާލެ ސެންޓުރަލް ޕާކު ކުރިމަތިން އިމާރާތް ކުރަމުން އަންނަ 'ދަ ގާޑަންސް' -- ފޮޓޯ: އަދަދު
27 ޖަނަވަރީ 2025 - 12:25 0
ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީ ކުރަން ފެށި "ދަ ގާޑަންސް" މަޝްރޫއު ނިންމަން އެންމެ ފަހުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފި އެވެ.
އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖާހުއާ ހަވާލުކުރި މަޝްރޫއު ނިންމަން އެކި ފަހަރު މަތިން ދިން މުއްދަތު ވެސް ހަމަވެފައިވާތީ، އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދޭންޖެހޭ ގާނޫނީ ނޯޓިސް މިއަދު ދީފައިވާ ކަމަށެވެ.
ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓްގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓްގެ އަތުން ނެގުމަށް ވެސް އެޗްޑީސީން ވަނީ ނިންމައިފަ އެވެ.
އެޗްޑީސީގެ ބޯޑުން އެ ނިންމުން ނިންމީ ޖާހު އިންވެސްޓްމެންޓުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް، ވީ އެންމެ އަވަހަށް އެޕާޓްމަންޓްތައް ހަވާލު ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް 2017 ވަނަ އަހަރު ޖާހް އާއި ހަވާލުކުރި އެ މަޝްރޫއުގެ މަސައްކަތް ނުނިމި އެތައް އަހަރެއްވެފައިވާއިރު، މިއީ އެޗްޑީސީން މަޝްރޫއު ނިންމުމުގެ މުއްދަތު އިތުރުކޮށްދިން ފަސްވަނަ ފަހަރެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment