17 ފެބުރުވަރީ 2025 - 16:10 1
ލީވާން އަލީ ނާސިރު
17 ފެބުރުވަރީ 2025 - 16:10 1
ސްޓްރީޓް ކަލްޗާ ފެސްޓިވަލް ގެ ނަމުގައި ހަތް ދުވަހަށް ދެމިގެންދާ ބޮޑު ފެސްޓިވަލެއް މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގެ ބައިބަލާ ކުޅޭ ސަރަހައްދުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
ފެބްރުއަރީ 18، އިން 25 އަށް ބާއްވާ އެ ފެސްޓިވަލް މޯލްޑިވްސް ފްރީސްޓައިލް ފުޓްބޯލް އެސޯސިއޭޝަން އަދި ދިވެހީންގެ އިންވެސްޓްމަންޓް ކުންފުނިން އިންތިޒާމުކޮށް ކުރިއަށް ގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ.
އެ ފެސްޓިވަލްގެ ތެރޭގައި ސްޓްރީޓް ކުޅިވަރުތަކާއި، 3 އޮން 3، 1 އޮން 1 މުބާރާތްތަކާއި، ފްރީސްޓައިލް މުބާރާތްތައް ކުރިއަށް ގެންދަން ވަނީ ރާވާފަ އެވެ.
ސްޓްރީޓް ސޮކާގެ ކުޅިވަރުތަކަކީ ރާއްޖޭގެ މާހައުލާއި ގުޅޭ، ރަށްފުށުގެ ސަގާފަތް ހިމެނޭ ކުޅިވަރުތަކެވެ. އެކަމަކު އެ ކުޅިވަރުތަކަކީ ރާއްޖޭގައި ގައުމީ ފެންވަރެއްގައި ކުޅެމުންދާ ކުޅިވަރުތަކެއް ނޫނެވެ.
ފެސްޓިވަލް އިންތިޒާމްކުރާ ފަރާތްތަަކުން ބުނީ އެ ފެސްޓިވަލްގެ އަމާޒަކީ ރާއްޖޭގައި ސްޓްރީޓް ކުޅިވަރުތައް ދިރުވައި އާލާކޮށް، ދިވެހި ޒުވާނުން ބައިނަލްއަގުވާމީ ފެންވަރުގައި ކުޅެވޭ ހިސާބަކަށް ގެންދިޔުން ކަމަށެވެ.
މީގެއިތުރުން ފެސްޓިވަލްގެ ތެރޭގައި ލައިވް މިއުޒިކާއި، ސްޓްރީޓް ފުޑް އަދި ސްޓްރީޓް މާކެޓް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ރާވާފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސްޓްރީޓްސް
2 months ago
ސްތްރީޓް ކަލްޗަރ އޭ ކިޔާފަ އެ ކަލްޗަރ އާ ގުޅޭ ކަންކަމަށްވުރެ މީގަ ގިނައީ އެހެން ކަންކަން. ކޮބާ ސްކޭޓިންގ؟ ސްކޭޓް ބޯޑިންގ؟ ގްރެފިޓީ؟ ބާސްކެޓް ބޯޅަ؟ ޑާންސްގެ ވައްތަރުތައް؟ ހިޕްހޮޕް؟؟؟؟ ސްޓްރީޓް ކަލްޗަރ އަކީ ހަމައެކަނި ފުޑް ޓްރަކާ ސްޓްރީޓް ފުޓްބޯޅައެއް ނޫން. ސްޓްރީޓް ކަލްޗަރ އޭ ނުކިޔާ ސްޓްރީޓް ފެސްޓިވަލްއޭ ކިޔައިގެން ތި ހަޑި ހާވާ ނަމަ އަސްލު ސްޓްރީޓް ކަލްޗަރއަށް ހުތުރަކަށް ނުވީސް/
Comment