ސިނާ އޮސްޓްރޭލިއަން އޯޕަން ތަށި ދިފާއުކޮށްފި

27 ޖަނަވަރީ 2025 - 06:24 0


ސިނާ އޮސްޓްރޭލިއަން އޯޕަން ތަށި ދިފާއުކޮށްފި

27 ޖަނަވަރީ 2025 - 06:24 0

މެލްބާން (ޖެނުއަރީ 27) - ފައިނަލުގައި ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ބަލިކޮށް، އޮސްޓްރޭލިއަން އޯޕަންގެ ތަށި، އިޓަލީގެ ޖަނިކް ސިނާ ދިފާއުކޮށްފި އެވެ.

ދުނިޔޭގެ އެއް ވަނައިގައި އޮތް، ސިނާ، 23، ވަނީ އެންމެ ފަހުން ކުޅުނު ޓެނިހުގެ ގްރޭންޑް ސްލޭމް ފަސް މުބާރާތުގެ ތެރެއިން ތިން މުބާރާތުގެ ތަށި ހޯދައިފަ އެެވެ.

ފުރަތަމަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމުގެ އަޒުމުގައި ފައިނަލަށް ނުކުތް ޒްވެރެވް އަތުން ސިނާ މޮޅުވި މެޗުގެ ސެޓުތައް ދިޔައީ، 6-3 7-6 (7-4) 6-3 އިންނެވެ. މި މެޗުގައި، ޒްވެރެވް އަށް މާ ބޮޑު ފުރުސަތެއް ނުދީ އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށްގެން ކުޅެވޭތޯ ބެލީ، ސިނާ އެވެ. އެކަމަކު، ބައެއް ފުރުސަތުތަކުގައި ޒްވެރެވްގެ ފަރާތުން ވެސް ހިތްވަރު ފެނުނުއިރު، ސިނާ ކުޅެލީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ.

"މުޅި މުބާރާތް ވެސް ދިޔައީ އަހަންނަށް ވަރަށް ރަނގަޅަށް، އުންމީދަކީ މި ހުރި ރަނގަޅު ފޯމު ދެމެހެއްޓުން،" ސިނާ ބުންޏެވެ.

މަނާބޭހުގެ މައްސަލައެއްގައި މި ވަގުތު ވެސް ތަހުގީގުގެ ބައެއް ކަންކަން ކުރިއަށްދާ، ސިނާ އަކީ، ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކުރި އިޓަލީ އަށް އުފަން ފުރަތަމަ ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން، ޒްވެރެވް ވެފައިވަނީ، ޓެނިހުގެ އޯޕަން އިރާގައި، ފުރަތަމަ ތިން ގްރޭންޑް ސްލޭމް އިން ބަލިވި ހަތް ވަނަ ކުޅުންތެރިޔާ އަށެވެ. އެ ގޮތުން، ޒްވެރެވް ވަނީ މީގެ ކުރިން 2020 ވަނަ އަހަރުގެ ޔޫއެސް އޯޕަން އާއި 2024 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުން ބަލިވެފަ އެވެ.