27 ޖަނަވަރީ 2025 - 09:23 0
އަހުމަދު އާއިދު
އެޗްއާރުސީއެމް ގެ ނައިބު ރައީސްގެ މަގާމަށް މިއަދު އައްޔަންކުރި މުއުމިނާ ވަހީދު: މުއުމިނާ މަތީ ތައުލީމު ހާސިލްކުރެއްވީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަންގެ ދާއިރާއިން --- ފޮޓޯ: އެޗްއާރުސީއެމް
27 ޖަނަވަރީ 2025 - 09:23 0
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސްގެ މަގާމަށް މ. ޖިއެނާ، މުއުމިނާ ވަހީދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް މުއުމިނާ އައްޔަންކުރެއްވީ މިއަދު ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމަށް ރައީސް ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މިދިޔަ ހޯމަ ދުވަހު އެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް އެންމެ ފުރަތަމަ މުއުމިނާ އައްޔަންކުރެއްވީ މިދިޔަ ވެރިކަމުގައި 2020 ގެ ސެޕްޓެމްބަރު މަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އޭގެ ކުރިން އޭނާ ވަނީ އެ ކޮމިޝަންގެ އެސިސްޓެންޓް ރިސާޗު އޮފިސަރުގެ މަގާމާއި ޕްލޭނިން އޮފިސަރުގެ މަގާމުގެ އިތުރުން ކޯޕަރޭޓް އެފެއާޒް ޑިޕާޓްމެންޓުގެ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.
މުއުމިނާ މަތީ ތައުލީމު ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން އިން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަންގެ ދާއިރާއިންނެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment