ރަހީނުކުރި އިޒްރޭލުގެ ހަތަރު ސިފައިން އަދި ފަލަސްތީނުގެ 200 މީހުން މިނިވަންކޮށްފި

26 ޖަނަވަރީ 2025 - 14:37 0

ލީވާން އަލީ ނާސިރު

ލ

އިޒްރޭލުން މިނިވަންކުރި ފަލަސްތީނުގެ މީހަކު އާއިލާއާ ބައްދަލުވުން: އިޒްރޭލުން ރަހީނުކުރި ފަލަސްތީނުގެ 200 މީހުން ވަނީ ދޫކޮށްލާފައި -- ފޮޓޯ: ރޮއިޓާސް


ރަހީނުކުރި އިޒްރޭލުގެ ހަތަރު ސިފައިން އަދި ފަލަސްތީނުގެ 200 މީހުން މިނިވަންކޮށްފި

26 ޖަނަވަރީ 2025 - 14:37 0

އިޒްރޭލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރަހީނުކުރި ހަތަރު ސިފައިން އަދި ފަލަސްތީނުގެ 200 މީހުން މިނިވަންކޮށްފި އެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް (އައިސީއާރްސީ) އިން ބުނީ އިޒްރޭލުން ރަހީނުކޮށްފައިވާ 128 މީހުން މިނިވަންކޮށް ގާޒާ އަދި ވެސްޓް ބޭންކަށް ފޮނުވާފައިވާ ކަމަށެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހަތަރު އަންހެން ސިފައިން މިނިވަންކޮށް ހަވާލުކުރީ އައިސީއާރްސީއާ އެވެ. އެ މީހުން އައިސީއާރްސީން ހަވާލުކުރީ އިޒްރޭލުގެ ސިފައިންނާ އެވެ.

މިއީ އިޒްރޭލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރަހީނު ކޮށްފައި ތިބި މީހުން ދޫކޮށްލި ދެވަނަ ފަހަރެވެ. ޖެނުއަރީ 19، ގައި ހަމާސްއިން ވަނީ އިޒްރޭލުގެ އާންމު ތިން މީހުން ދޫކޮށްލިއިރު، އިޒްރޭލުން ފަލަސްތީނުގެ 90 މީހުން އެ ދުވަހު ދޫކޮށްލި އެވެ.

ހަމާސް އިން އިޒްރޭލުގެ 200 އަށްވުރެ ގިނަ ސިފައިންނާއި އާންމުން ރަހީނު ކޮށްފައި އެބަ ތިއްބެވެ. ނަމަވެސް އިޒްރޭލުން ރަހީނު ކޮށްފައިވާ ފަލަސްތީނުގެ މީހުންގެ އަދަދެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

އިޒްރޭލުން މިނިވަންކުރި ފަލަސްތީނުގެ 200 މީހުންގެ ތެރެއިން 121 މީހުން ދިޔައީ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. އަދި 79 މީހުން ދިޔައީ ދިގު މުއްދަތެއްގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް އޮކްޓޯބަރު 7، 2023 އިން ފެށިގެން ދެމުންދިޔަ ހަމަލާތައް ހުއްޓުމަކަށް އައިސްފައިވާއިރު، ހަމަލާތަކުގައި ފަލަސްތީނުގެ 47،283 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.