26 ޖަނަވަރީ 2025 - 06:37 0
26 ޖަނަވަރީ 2025 - 06:37 0
މެޑްރިޑް (ޖެނުއަރީ 26) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަލޮޑޮލިޑް އަތުން ކީލިއަން އެމްބާޕޭ ހެދި ހެޓްރިކުން 3-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.
އެއް ވަނައިގައި އޮތް ރެއާލަށް 21 މެޗުން 49 ޕޮއިންޓް ލިިބިފައިވާއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 21 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 20 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް އެތުލެޓިކް ކްލަބް އަށް ވެސް ވަނީ 20 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި އެމްބާޕޭ ވަނީ 30 ވަނަ މިިނިޓްގައި ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ރެއާލަށް ލީޑުނަގައިދީފަ އެވެ. މިއީ، މި ސީޒަނުގައި ސްޕެނިޝް ލީގުގެ މެޗުތަކުގައި އެމްބާޕޭ ފުރަތަމަ ގޯލު ޖެހި ފަސް ވަނަ ފަަހަރެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 12 މިނިޓް ތެރޭ އެމްބާޕޭ ވަނީ ރެއާލުގެ ލީޑުފުޅާކޮށްދީފަ އެވެ. އެ ގޮތުން، 57 ވަަނަ މިނިޓްގައި ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ވަނީ ރެއާލުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އެމްބާޕޭ، އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުންނެވެ. މިއީ، ބެލިންހަމް އަށް ވަލޮޑޮލިޑްގެ މާރިއޯ މާޓިން ކުރި ނުރައްކާތެރި ފައުލަކަށްދިން ޕެނަލްޓީ އެކެވެ. މި ފައުލަށް މާރިއޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ރެއާލް ޖޯޒީގައި ހެދި ފުރަތަމަ ހެޓްރިކާ އެކު، އެމްބާޕޭ އޮތީ ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ ދެ ވަނައިގަ އެވެ. އެއީ 15 ގޯލު ޖަހައިގެންނެވެ. އެއް ވަނައިގައި ބާސެލޯނާގެ ލެވަންޑޯސްކީ އޮތީ 16 ގޯލު ޖަހައިގެންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment