26 ޖަނަވަރީ 2025 - 06:08 0
އަތޫފް އާތިފް
26 ޖަނަވަރީ 2025 - 06:08 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފ. އަތޮޅު ފައިނަލުގެ ފަހު ޖާގަ މަގޫދޫ އިން ކަށަވަރުކޮށްފި އެވެ.
މި މުބާރާތުގެ ފ. އަތޮޅު ލީގު ބުރުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު, މަގޫދޫ އިން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި ދަރަނބޫދޫއާ 1-1 ގެ ނަތީޖާ އަކުން އެއްވަރުކޮށްގެންނެވެ.
މި މެޗުގެ ދެ ވަނަ ހާފުގެ 12 ވަނަ މިނެޓުގައި ދަރަނބޫދޫ އަށް ލީޑު ނަގާދިނީ އާލިފް އަލީ ޖަހާދިން ގޯލުންނެވެ. އެކަމަކު، މެޗު ނިމެން ދެ މިނެޓަށް ވެފައި ހުއްޓަ މޫސާ މާހިލް މިގުދާދް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބިލެއްދޫ އިން ވަނީ ފީއަލި ގެ މައްޗަށް 6-0 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ.
މި މެޗުގައި ބިލެތްދޫގެ ކެޕްޓަން ނަދީފް އިބްރާހީމް ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފަ އެވެ. މީގެ އިތުރުން އަނީސް އަހުމަދު ޒާހިރު ވަނީ ދެ ގޯލު ޖަހާފަ އެވެ. އަދި މުހައްމަދު ޒީދާން ޒުހުރީ ވަނީ ގޯލެއް ޖަހާފަ އެވެ.
މި ނަތީޖާތަކާއެކު ފ. އަތޮޅުގެ ލީގު ބުރުގެ އެއް ވަނަ ދަރަނބޫދޫ ހޯދީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ މަގޫދޫ އަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބުނުއިރު, ތިން ވަނައިގައި އޮތް ބިލެއްދޫ އަށް ހަތަރު މެޗުން ލިބުނީ ހަތް ޕޮއިންޓެވެ.
ފ. އަތޮޅު ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެރޭގަ އެެވެ.
ވ. އަތޮޅު ފައިނަލް: ފެލިދޫ - ކެޔޮދޫ (20:00)
ޅ. ނައިފަރު - ޅ. ކުރެންދޫ : (21:00)
ޅ. ހިންނަވަރު - ޅ. އޮޅުވެލިފުށި : (21:00)
ތ. އަތޮޅު ސެމީ ފައިނަލް : ތ. ތިމަރަފުށި - ތ. ވޭމަންޑޫ (22:00)
ތ. އަތޮޅު ސެމީ ފައިނަލް: ތ. ހިރިލަންދޫ - ތ. އޮމަދޫ (22:00)
ލ. އަތޮޅު ސެމީ ފައިނަލް: ލ. ގަން - ލ. މުންޑޫ (23:00)
ލ. އަތޮޅު ސެމީ ފައިނަލް: ލ. އިސްދޫ - މާބައިދޫ (23:00)
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment