26 ޖަނަވަރީ 2025 - 06:13 0
އަތޫފް އާތިފް
26 ޖަނަވަރީ 2025 - 06:13 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ މ. އަތޮޅުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، މުލަކު އާއި ދިއްގަރު ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ރޭ ކުޅުނުއިރު، ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދިއްގަރުން ނުކުތީ މުލިއާ ދެކޮޅަށެވެ. މި މެޗު ދިއްގަރުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 14 ވަނަ މިނެޓުގައި ދިއްގަރުން ލީޑު ނެގީ މުހައްމަދު ސާގިބް ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ދިއްގަރުގެ ލީޑު ފުޅާކޮށްދިނީ ހުސެއިން ފާރިޝް އެވެ. އެކަމަކު މުލަކުގެ މިސްބާހް އަބްދުالله ވަހީދު ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ.
ދިއްގަރުގެ ފަހު ދެ ގޯލު ފެނިގެންދިޔައީ ދެ ވަނަ ހާފުގެ ފަހު ތިން މިނެޓުގެ ތެރޭގަ އެވެ. އެ ގޮތުން މެޗުގެ 38 ވަނަ މިނެޓުގައި މުހައްމަދު އަލީ ދިއްގަރުގެ ތިންވަނަ ގޯލު ޖެހިއިރު, މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީ އަކުން މުހައްމަދު އަލީ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހާދީފަ އެވެ.
މި އަތޮޅުގެ ދެވަނަ ސެމީގައި މުލަކުން ކޮޅުފުއްޓާ ދެކޮޅަށް ނުކުތްއިރު, މި މެޗު މުލަކުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ހަތްވަނަ މިނެޓުގައި މުލަކަށް ލީޑު ނަގާދިނީ ތޮލްހަތު މުހައްމަދު ޖެހި ގޯލުންނެވެ. މުލަކުގެ ލީޑު ފުޅާކޮށްދިނީ ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ސުޖުއާން ހުސެއިން ޖެހި ގޯލުންނެވެ. އަދި އެ ޓީމުގެ ތިންވަނަ ގޯލު ވެސް ޖަހާދިނީ ސުޖުއާން އެވެ.
މ. އަތޮޅު ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ.
ވ. އަތޮޅު ފައިނަލް: ފެލިދޫ - ކެޔޮދޫ (20:00)
ޅ. ނައިފަރު - ޅ. ކުރެންދޫ : (21:00)
ޅ. ހިންނަވަރު - ޅ. އޮޅުވެލިފުށި : (21:00)
ތ. އަތޮޅު ސެމީ ފައިނަލް : ތ. ތިމަރަފުށި - ތ. ވޭމަންޑޫ (22:00)
ތ. އަތޮޅު ސެމީ ފައިނަލް: ތ. ހިރިލަންދޫ - ތ. އޮމަދޫ (22:00)
ލ. އަތޮޅު ސެމީ ފައިނަލް: ލ. ގަން - ލ. މުންޑޫ (23:00)
ލ. އަތޮޅު ސެމީ ފައިނަލް: ލ. އިސްދޫ - މާބައިދޫ (23:00)
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment