25 ޖަނަވަރީ 2025 - 11:38 1
ލީވާން އަލީ ނާސިރު
ފުލުހުންގެ ވެހިކަލެއް ސައިރަން އަޅުވާފައި: ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް ހަމަލާދީ ވަނީ ޒަހަމް ކޮށްލާފައި -- ފޮޓޯ: އަދަދު ފައިލް
25 ޖަނަވަރީ 2025 - 11:38 1
މާލޭގައި ރޭ ހިންގި ގޭންގު މާރާމާރީއެއްގައި މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވާ މީހެއް ރޭ 23:40 ހާއިރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ހިނގާ މާރާމާރީތައް ފަހަކަށް އައިސް އިތުރުވާން ފަށާފައިވާއިރު، ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޖެނުއަރީ 15، ގައި ވެސް ޒަހަމްތަކާ އެކު ސެނެހިޔާ ކައިރިން މީހަކު ފެނިގެން ފަރުވާދީފައިވެ އެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Comment