Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: އައްޑޫ ސިޓީ ފައިނަލުގައި ހިތަދޫ އާއި ފޭދޫގެ ކުރިމަތިލުމެއް

25 ޖަނަވަރީ 2025 - 04:37 0

އަތޫފް އާތިފް

އ

Advertisement


ގޯލްޑަން ފުޓްސަލް ޗެލެންޖް: އައްޑޫ ސިޓީ ފައިނަލުގައި ހިތަދޫ އާއި ފޭދޫގެ ކުރިމަތިލުމެއް

25 ޖަނަވަރީ 2025 - 04:37 0

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އައްޑޫ އަތޮޅު ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ހިތަދޫ އާއި ރަނަރަޕް ފޭދޫ ޖާގަ ހޯދައިފި އެވެ.

ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ފޭދޫ އިން ނުކުތީ މީދޫއާ ދެކޮޅަށެވެ. މި މެޗު ފޭދޫ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

Advertisement

މި މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި މީދޫގެ އަހުމަދު ސަބާހް ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކެޕްޓަން ހުސެއިން ގައްސާން ލަބީބް (ހުސީ)ގެ ގޯލުން ފޭދޫ އިން ނަތީޖާ ހަމަހަމަކުރި އެވެ. އަދި މެޗުން ފޭދޫ މޮޅުކޮށްދިން ގޯލު މެޗުގެ ފަހުު މިނެޓުގައި އެ ޓީމަށް ޖަހާދިނީ އަލީ ނާފިއު (ކަޅޭ) އެވެ.

މި އަތޮޅުގެ ދެ ވަނަ ސެމީގައި ހިތަދޫ އިން ނުކުތީ މަރަދޫފޭދޫއާ ދެކޮޅަށެވެ. މި މެޗު ހިތަދޫ އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ދެ ވަނަ މިނެޓުގައި ހިތަދޫގެ މުހައްމަދު އިންޝާލް ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ހިތަދޫ އަށް ލީޑު ފުޅާކޮށްދިނީ އީމާން ނަޒީރް ޖެހި ގޯލުންނެވެ. އެކަމަކު، އޭގެ ފަސް މިނެޓު ފަހުން މަރަދޫފޭދޫގެ އިސްމާއިލް އަބްދުالله ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

Advertisement

މަރަދޫފޭދޫ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ހިތަދޫގެ މުހައްމަދު ދާނިޝް އިބްރާހިމް ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.

އައްޑޫ ސިޓީގެ ފައިނަލް ކުޅޭނީ އަންގާރަ ދުވަހުގެރޭގަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 (25 ޖަނަވަރީ)

16:00: ށ. ފައިނަލް: ކަނޑިތީމު - މިލަންދޫ

16:00: ނ. މިލަދޫ - ނ. ވެލިދޫ

------------------------------------------

20:00: ފ. މަގޫދޫ - ފ. ދަރަބޫދޫ

20:00: ފ. ބިލެއްދޫ - ފ. ފީއަލި

21:00: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

21:00: ބ. އޭދަފުށި - ބ. ފެހެންދޫ

22:00: މ. ސެމީ ފައިނަލް: ދިއްގަރު - މުލި

22:00: މ. ސެމީ ފައިނަލް: ކޮޅުފުށި - މުލަކު