Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: އދ. ފައިނަލުގައި މަހިބަދޫ ނުކުންނާނީ މަންދޫއާ ދެކޮޅަށް

25 ޖަނަވަރީ 2025 - 04:41 0

އަތޫފް އާތިފް

އ

Advertisement


ގޯލްޑަން ފުޓްސަލް ޗެލެންޖް: އދ. ފައިނަލުގައި މަހިބަދޫ ނުކުންނާނީ މަންދޫއާ ދެކޮޅަށް

25 ޖަނަވަރީ 2025 - 04:41 0

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އދ. އަތޮޅު ފައިނަލުން ވަރުގަދަ މަހިބަދޫ އާއި މަންދޫ ޖާގަ ހޯދައިފި އެވެ.

މި އަތޮޅުގެ ސެމީ ފައިނަލު މެޗުތައް ރޭ ކުޅެފައިވާއިރު، މަންދޫ އިން ފައިނަލުގެ ޖާގަ ހޯދީ ދަނގެތީގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.

Advertisement

މި މެޗުގެ އަށް ވަނަ މިނެޓުގައި މަންދޫގެ ހަސަން އިރުޝާދު ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މަންދޫގެ އަހުމަދު ޝާހީން އެ ޓީމުގެ ލީޑު ފުޅާކޮށްދިން ނަމަވެސް އޭގެ ހަ މިނެޓު ފަހުން ދަނގެތީގެ މުހައްމަދު ނާއިމް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު މިނެޓެއްގެ ތެރޭގައި މަންދޫގެ އިސްމާއިލް ޝިޔާޒް ވަނީ ގޯލު ޖަހާ އަލުން މަންދޫގެ ލީޑު ފުޅާކޮށްދީފަ އެވެ.

ދަނގެތިން ކާމިޔާބުކުރި ދެވަނަ ގޯލު މެޗު ނިމެން މިނެޓަކަށްވެފައި ހުއްޓަ އެ ޓީމަށް ޖަހާދިނީ ވެސް ނާއިމް އެވެ.

Advertisement

މަހިބަދޫ އާއި ކުނބުރުދޫ ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު


މި އަތޮޅުުގެ ދެވަނަ ސެމީގައި މަހިބަދޫ އިން ކުނބުރުދޫގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މަހިބަދޫ އިން ޖެހި ތިން ގޯލުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގަ އެވެ.

މަހިބަދޫ އަށް ލީޑު ނަގާދިނީ ދެވަނަ ހާފުގެ ނުވަވަނަ މިނެޓުގައި އަބްދުالله މިދުހަތު ފަހުމީ (ބިޗަޑު) ޖެހި ގޯލުންނެވެ. މިއީ ލިބިނު ހިލޭ ޖެހުމަކުން ބިޗަޑު ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް މަހިބަދޫގެ ލީޑު ފުޅާކޮށްދިނީ އިބްރާހީމް އުސާމާ ހަސަން މަޖީދު ޖެހި ގޯލުންނެވެ. މަހިބަދޫގެ ތިންވަނަ ގޯލަކީ ކުނބުރުދޫގެ ހަސަން ޖައިލަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މަހިބަދޫ އާއި މަންދޫ ވަނީ މީގެ ކުރިން މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެ މެޗު މަހިބަދޫ އިން ވަނީ ކާމިޔާބުކޮށްފަ އެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުގެެރޭގަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025: (25 ޖެނުއަރީ)

16:00: ށ. ފައިނަލް: ކަނޑިތީމު - މިލަންދޫ

16:00: ނ. މިލަދޫ - ނ. ވެލިދޫ

------------------------------------------

20:00: ފ. މަގޫދޫ - ފ. ދަރަބޫދޫ

20:00: ފ. ބިލެއްދޫ - ފ. ފީއަލި

22:00: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

22:00: ބ. އޭދަފުށި - ބ. ފެހެންދޫ

23:00: މ. ސެމީ ފައިނަލް: ދިއްގަރު - މުލި

23:00: މ. ސެމީ ފައިނަލް: ކޮޅުފުށި - މުލަކު